ޔޫއޭއީގައި އަންހެނަކަށް ހަތަރު ދުވަސްވަންދެން ކާން ނުދީ އަނިޔާ ކުރި ފިރިއެއްގެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

އެ އަންހެން މީހާ ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެ ފިރިހެން މީހާ ގާތުން ވަރިކޮށްދިނުމަށް އެދިއެވެ.

އެ އަންހެން މީހާ ބުނިގޮތުގައި، އޭނާ ފުރަތަމަ މަސައްކަތްކޮށްފައި ވަނީ ވަޒީފާއެއް ހޯދުމަށެވެ. އެހެން އުޅުމުގެ ތެރޭގައި އެ އަންހެން މީހާގެ ޕާސްޕޯޓް ފޮޓޯއެއް ފެނުނީ ވިޔަފާރީގެ ކަންކަމުގައި އުޅޭ ފިރިހެނަކަށެވެ. އެއީ އެ އަންހެން މީހާ ކައިވެނިކޮށްގެން އުޅޭ މީހާއެވެ.

އޭނާ އެ އަންހެން މީހާގެ ގާތުން އެދުނީ އޭނާގެ އަނބިމީހާއަށްވުމަށާއި، އޭނާއަށް މަސައްކަތްކޮށްދިނުމަށެވެ. އެ އަންހެން މީހާ އެކަން ގަބޫލުކުރިއެވެ. އަދި އެ ފިރިހެން މީހާއާ އެކީ ވިޔަފާރީގެ ބައްދަލުވުންތަކަށްވެސް ދެއެވެ. ނަމަވެސް ދުވަހަކުވެސް އޭނާއަށް މުސާރަ ދީފައިނުވާކަމަށް އެ އަންހެން މީހާ ބުންޏެވެ.

އެގޮތަށް އެ އަންހެން މީހާ އުޅެނިކޮށް އެ، ފިރިހެން މީހާ ވަނީ އެ އަންހެން މީހާގެ ވަޒީފާގެ ކޮންޓްރެކްޓްގެ މުއްދަތު އިތުުރު ނުުކުރާނެ ކަމަށް ބުނެފައެވެ. އެހެންވެ އެ އަންހެން މީހާ އޭނާ ކައިރިން މުސާރައަށް ޑިމާންޑް ކުރިއެވެ.

އެހެން ނަމަވެސް، އޭނާއަށް އެއްވެސް ފައިސާއެއް ނުދީ ހަތަރު ދުވަސް ވަންދެން އެއްވެސް ކާއެއްޗެއް ދީފައެއް ނުވެއެވެ. އެކަން ބޮޑުވެ އެންމެ ފަހުން އެ އަންހެން މީހާ ފިރިހެން މީހާގެ އޮފީހަށް ގޮސް އޭނާއާ ބައްދަލުކޮށް ފައިސާއަށް ޑިމާންޑްކޮށް ހިންގި ހަމަނުޖެހުމެއްގެ ތެރެއިން އަންެހެން މީހާގެ އިނގިލިތައް ވަނީ ބިންދާލާފައެވެ.

އެ އަންެހެން މީހާ ވަނީ އެ މައްސަލަ ފުލުހަށްވެސް ހުށަޅާފައެވެ. އަދި މިހާރު އެ ފިރިހެން މީހާ ފުލުހުންގެ ބަންދުގައި ހުރިއިރު، އެ ފިރިހެން މީހާ އެފަދަ ގޮތަކަށް އެހެން އަންހެނުންތަކަކަށް ހެދިކަންވެސް ވަނީ ފަޅާ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢައިޝާ

    ހާދަ ގަދަމީހެކޭ ??

  2. ހައިޖާނު

    ރަގަޅުތިހާހިސާބުންވެސް ފަޅާއެރިކަން އެހެންނޫންނަމަ އިތުރުބަަކަށްވެސް ތިކަމުގެ ރާހަތް ކުރީސް