އިންޑިއާގެ ކަރްނަޓަކާގައި ތަފާތު ބައްޓަމަކަށް ހުންނަ ބިސް އަޅާ ކުކުޅެއް މަޝްހޫރުވެއްޖެއެވެ. މިފަހަރު ދައްކަން މި އުޅެނީ ތަފާތު ބައްޓަމަކަށް ހުންނަ ބިސް އަޅާ ކުކުޅެއްގެ ވާހަކައެވެ. އާއްމުކޮށް ކުކުޅު އަޅާ ބިސް ހުންނާނީ އޯވަލް ބައްޓަމަށެވެ.

އެކަމަކު ކެޝޫނަޓް ނުވަތަ ބަދަނުގެ ބައްޓަމަށް ހުންނަ ބިހެއް ފެނުމަކީ މުޅިން އާދަޔާ ހިލާފު ކަމެއްތާއެވެ.

މިކަންތައް ވަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ކުކުޅުގެ ވެރިމީހާ، ޕްރަޝާންތައަށް އެކަން ފާހަގަކުރެވުނީ މީގެ ދެތިން މަސް ދުވަސް ކުރިންނެވެ. އޭނާގެ ކުކުޅު، އެޅި ބިސް ހުރީއާދަޔާ ހިލާފު ބައްޓަމަކަށް އޭނާއަށް އެނގުނީއެވެ. ފުރަތަމަ ކުކުޅު އާދަޔާ ހިލާފު ބިސް އެޅުމުން ވެރިފަރާތުން ދެތިން ދުވަސް މަޑުކޮށްލީ އެއީ މިފަހަރު ވީކަމެއް ކަމަށް ބަލައިގެންނެވެ. އެކަމަކު އެ ކުކުޅު ޖެހިޖެހިގެން ތިން ދުވަސް ވަންދެން ބަދަނުގެ ބައްޓަމަށް ހުރި ބިސް އެޅިއެވެ. އެހެންވެ އެކަން އޭނާއަށްވެސް ވީ ތަފާތު ކަމަކަށެވެ.

ނިއުސް 18 އަށް މައުލޫމާތު ދެމުން ޕްރަޝާންތު ބުނީ ވިދިވިދިގެން ތިން ދުވަހު ކުކުޅު ބިސް އެޅުމުން އެ ކުކުޅުގެ މައްސަލައެއް އުޅެނީ ކަމަށް ހިތާ ވެޓްއަށް ގެންދިޔަ ކަމަށެވެ. އަދި އެކަން ބެލިއެވެ. ވެޓްގައި ތިބި މީހުން ބުނަނީ ކުކުޅުގައި މައްސަލައެއް އުޅެނީ ކަމަށް ވެދާނެ ކަމަށެވެ.

އެހެން ނަމަވެސް އޭނާ ހީކުރި ގޮތާ ހިލާފަށް އެ ތަފާތު ބިސް އަޅާ ކުކުޅުގެ ވާހަކަ މުޅި އަވަށުގައި ދައްކަން ފެށިއެވެ. އަދި އެ ބިހުގެ ތަސްވީރުތައް މީސް މީޑިއާގައިވެސް އާއްމު ކުރަން ފަށައިފިއެވެ. މީހުން ކުކުޅު ހެދީ މަޝްހޫރު އެއްޗަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވައިރަސް

    ތި ކުކުޅަށް އަޅުކަން ކުރަން ވެސް ފަށާފާނެ ތިމީހުން

    12
    1
  2. ޕޮގުބާ

    އިންޑިޔާ މީހުންނަށް ކަލާންގެއެއް ލިބުނީ އަވަހަށް އަޅުކަން ކުރަން ފަށާ އިންޑިޔާ އެއީ އެންމެކޮސް މީހުން އުޅޭ ގައުމް

    11
    1
    • ކުކުޅު

      އާނ ދޯ. ތީ ތެދެއް.

      9
      1
    • ްހަހަ

      ކުކުޅު އައްމާ ދޯ

  3. އަލްޖިބްރާ

    ތިޔަ ކުކުޅަށް އަޅުކަން ކުރާ ބަޔަކު އުފެދޭނެ ! ޔަޤީން ! ޖާހިލުކަމުގެ އެދުރުން އުޅޭ ޤައުމެއް !

    10
    1