ޓީވީ ބެލުމަށް ހޭދަކުރާ ވަގުތުތައް މަދުކޮށްލުމުން ހިތުގެ ބަލިތަކުން ދުރުކޮށްދޭނެ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.

ޔުނިވާސިޓީ އޮފް ހިންގްކޮންގްގެ އެސިސްޓެންޓް ޕްރޮފެސަރ ޑޮކްޓަރ ޔަންގްވޮން ކިމް ކުރި މި ދިރާސާގައިވާ ގޮތުން ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަށް ކުރެވޭނެ އެއް ކަމަކީ ޓީވީ ބަލައި މިންވަރު މަދު ކުރުން ކަމަށެވެ.

ޓީވީ ބަލާ ވަގުތު ދުވާލަކު އެއްގަޑިއިރަށް މަދު ކުރުމުން ހިތުގެ ބަލިތައް ދިމާވާ ކޮންމެ ދިހަ މީހަކުން ދެތިން މީހުން ރައްކާތެރިވާނެ ކަމަށް މި ދިރާސާގައިވެއެވެ.

ހިތުގެ ބަލިތައް ކުރިމަތިވަނީ ކްރޯނަރީ އާޓަރީސްގައި ފެޓް މެޓީރިއަލްތަކެއް ގިނެވެ، އާޓަރީ ހަނިވުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބަން ހިތުން ލޭ ފޮނުވައިދިނުން ދަށްކޮށްދެއެވެ. އެހެންކަމުން ޓީވީ ބަލާ ވަގުތު މަދުކުރުމުން މިކަމުން ރައްކާތެރިވެވޭނެ ކަމަށް މި ދިރާސާގައިވެއެވެ.

އެއީ ޓީވީ ބަލަން ގިނައިރު އިނުމުގެ ސަބަބުން ކޮލެސްޓްރޯލްއާއި ގުލްކޯޒް ލެވެލް މަތިވެއެވެ. ޓީވީ ބަލަން ތިބެގެން މާގިނައިން ހަށިގަނޑަށް ގެއްލުން ހުރި ބާވަތްތައް ކެވޭ ކަމަށް ވެސް މި ދިރާސާގައިވެއެވެ.

އުމުރުން 40 އަހަރާއި 69 އަހަރުގެ 373،026 މީހުން ހިމަނައިގެން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި ޓީވީ ބެލުމަށް ހޭދަކުރާ ވަގުތު އިތުރުވާ ވަރަކަށް ހިތުގެ ބަލިތައް ގިނަވެއެވެ.

ދުވާލަކު ހަތަރު ގަޑިއިރު އަދި އެއަށްވުރެ ގިނައިރު ޓީވީ ބަލާ މީހުންނާއި އަޅައި ބަލާއިރު ދުވާލަކު އެއް ގަޑިއިރު ޓީވީ ބަލާ މީހުންނަށް ހިތުގެ މައްސަލަތައް ކުރިމަތިވާ އިންސައްތަ މަދުކަމަށްވެސް މި ދިރާސާއިން ދައްކައެވެ.

ޓީވީ ބަލާ ވަގުތު މަދު ކުރާނަމަ ހިތުގެ މައްސަލަތައް ކުރިމަތިވުން 11 އިންސައްތަ ދަށްކޮށްދޭނެ ކަމަށް ވެސް މި ދިރާސާގައިވެއެވެ.