ކުޑަކުދިން ރަހީނު ކުރުމަކީ ބައެއް ގައުމުތަކުގައި އާއްމުކޮށް ހިނގާކަަމަށްވާއިރު، އެފަދަ ހަދިސާތައް ހިނގިޔަ ނުދިނުމަށް މަސައްކަތް ކުރާ މީހުންވެސް މަދެއް ނޫނެވެ. މިއީވެސް އެފަދަ ހާދިސާއަކުން ކުޑަކުއްޖަކު ސަލާމަތް ކުރި އަންހެނެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އަމީ މަރްޓިނޭޒް ނަމަކަށް ކިޔާ 12 އަހަރުގެ އަންހެން ކުއްޖަކު ދިޔައީ އެކަނިމާއެކަނި ކެލިފޯނިއާގެ ސަންޓަނާގައި އިންނަ ލެތްރޮޕް އިންޓާމީޑިއޭޓް ސްކޫލަށެވެ. އެ ސްކޫލަށް އޭނާ ދިޔަމަގުމަތީ ފަހަތުން އަންހެނަކު އަންނަން ފެށީއެވެ.

އެތަން ފެނުނީ ސްކޫލަށް އަމިއްލަ ދަރިފުޅު ފޮނުވާފައި ގެއަށް ދިޔަ އަންހެނަކަށެވެ. ވަގުތުން އެ އަންހެން މީހާ ވަނީ އެ އަންހެން ކުއްޖާގެ ފަހަތުން ގޮސް އެ ކުއްޖާގެ މަންމަކަމަށް ހެދިގެން އުޅެފައެވެ. އެއާއެކު އެ ކުއްޖާ ރަހީނު ކުރަން މަސައްކަތް ކުރި މީހާއަކަށް އޭނާ ކުރަން އުޅުނު ކަންތައް ނާކާމިޔާބުވީއެވެ.

މަރްޓިނޭޒް ނަމަކަށް ކިޔާ އެ އަންހެން ކުއްޖާ ބައެއް މީީޑިޔާތަކަށް ބުނިގޮތުގައި، އޭނާ ރަހީނު ކުރަން އުޅުނު މީހާ ފުރަތަމަ އައިސް އޭނާގެ ގައިގާ ބައްދާލީއެވެ. އަދި އޭނާއާއެކު ދާން ފެށީއެވެ. އެކަމާއި އޭނާ ހުރީ ވަރަށް ބިރުގަނެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިކަން ގާތުން ބަލަމުން ދިޔަ އަންހެން މީހާ އެ ކުއްޖާ ސަލާމަތް ކުރީ މަރްޓިނޭޒް ރަހީނު ކުރުމަށް މަސައްކަތް ކުރި އަންހެން މީހާ ކައިރިން އޭނާގެ ދަރިފުޅު ކައިރިން ދުރަށް ދިޔުމަށް ބުނެގެންނެވެ. ވަގުތުން އެ އަންހެން މީހާ ވަނީ އެ ކުއްޖާ ގާތުން ދުރަށް ގޮސްފައެވެ.

އަދި އެ ކުއްޖާ ވަނީ އޭނާ ސަލާމަތް ކުރި މީހާއާއެކު ސްކޫލަށް ގޮސްފައެވެ. އަދި ފުލުހުންނަށް ގުޅާފައެވެ. ފުލުހުން ވަނީ އެ އަންހެން މީހާ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝުކުރިއްޔާ ރައީސް ޔާމިން