ރާއްޖޭ މަޝްހޫރު ނެށުންތެރިޔާ ސުނީތަ އަލީ (ސުނީ) ގެ ނަމުގައި ފޭސްބުކްގައި ފޭކް އެކައުންޓަކެއް ހަދައިގެން މީހުންނާއި ވާހަކަދައްކާ މައްސަލަ ބޮޑުވެއްޖެއެވެ.

ސުނީ މައުލޫމާތު ދިންގޮތުގައި، އޭނާގެ ނަމާއި އަދި ފޮޓޯ ބޭނުންކޮށްގެން ފޭކް އައިޑީއަކުން އެކި މީހުންނާއި ވާހަކަދައްކަމުންދާކަން އެނގި އެކަން އާއްމުންގެ ސަމާލުކަމަށް މިހާރު ވަނީ ގެނެސްފައެވެ.

އަދި އެކަމަކީ އޭނާ ކުރާ ކަމެއް ނޫން ކަމަށާއި، އެކަން އޭނާގެ ސަމާލުކަމަށް މީގެ ކުރިންވެސް ގެނެސް އެކައުންޓެއް އެއްކޮށް ބްލޮކްކޮށްލި ފަހުން އަނެއްކާވެސް އެހެން އެކައުންޓެއް ހަދައިގެން އޭނާގެ ފޮޓޯއެއް ޕްރޮފައިލް ފޮޓޯއަކަށް ލައިގެން މީހުންނާއި ވާހަކަދައްކަމުން ދާ ކަމަށް ސުނީ ބުންޏެވެ. އަދި އެ މީހަކު މީހުންގެ އަތުން ނަމްބަރު ހޯދަން މަސައްކަތް ކުރާ ކަމަށްވެސް ސުނީ ބުންޏެވެ.

ސުނީ ބުނީ، އޭނާ އެފަދަ ގޮތަކަށް މީހުންނާއި ވާހަކަނުދަކާނެކަން އޭނާގެ ފޭނުންނަށް އިނގޭނެ ކަމަށެވެ.

މިއީ މިފަދަ ގޮތަކަށް ސުނީގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ސުނީގެ އަގު ވައްޓާލަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އޭނާގެ ފޭނުން ވަރަށް ބޮޑަށް އޭނާގެ ދިފާއުގައި ނުކުންނައިރު، ސުނީގެ އަޒުމަކަށް ބަދަލެއް ނާދެއެވެ.

ނެށުމުގެ ދާއިރާގައި އެފަދަ ދެވަނައެއް ނެތް ސުނީއަކީ އެއްވެސް ވަރަކަށް މީހުން ކިޔާހާ އެއްޗަކަށް ބަލައިގެން މަސައްކަތް ކުރަމުންދާ މީހެއް ނޫނެވެ. އެ ދާއިރާގައި 23 އަހަރު ހޭދަކޮށް، ސުނީވެފައި ވަނީ މިހާރު ދުނިޔޭގެ ގިނަބަޔަކު ދަންނަ ފަންނާނަކަށެވެ.

އަދި ސުނީއަކީ ރާއްޖޭގައި ހުރި ޕްރިޔަންކާ ޗޯޕްރާގެ އެންމެ ބޮޑު ފޭންކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޭންޑީ ވެލި ވޮށި

    23 އަހަރު ހޭދަކުރީ އެއްސެޕް އަކަށްނެށުމުގަ... އެކަމަކުވެސް ތެޔޮބިޑިބޯ ނިއުމާއަށްވުރެންޑީއަށްގަޅު.

  2. Anonymous

    ކަލޭ ނިއުމާ އޭ ކިޔައިގެން ފާޑުފާޑު ގެ ވާހަކަ ނުދައްކަށްޗޭ..ކިޔާ އެއްޗެއް ކިޔާނީ އެ އެއްޗެއް ރަނގަޅަށް އެނގިގެން......ވަރަށް ޔަގީން ކަމާ އެނގިގެން ބިަިިިަަ މި ބުނީ..