ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ ރާއްޖެއިން ބޭރުން އެވޯޑެއް ގަތްކަމަށް ނޫހަކުން ރިޕޯޓްކުރި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހުށަހަޅައިފިއެވެ.

އެވޯޑް ގަތް ކަމަށް ރިޕޯޓްކުރީ ރާއްޖޭގައި ނެރެމުން އަންނަ އޮންލައިން ކަމަށްވާ "ސުކުން" ގައެވެ.

ސުނީތާ "ވަގުތަށް" ބުނީ އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހެޅީ އޭނާގެ ބަހެއް ވެސް ނުހޯދައި އޭނާގެ އަގު ވައްޓާލާ ފަދަ ވާހަކަތަކެއް ނޫހުގައި ރިޕޯޓްކުރުމާ ގުޅިގެން ކަމަށެވެ.

ސުނީތާއަށް ފުލުފުލުގައި އެވޯޑްތައް ލިބެމުންދާ އިރު ގަތީ ކޮން އެވޯޑެއް ކަމަށް "ސުކުން" އިން ނުބުނެއެވެ.

އެ މައްސަލައިގައި މިދިޔަ ހަފްތާފައި މީޑިއާ ކައުންސިލްގައި ވަނީ އަޑު އެހުމެއް ވެސް ބާއްވައިފައެވެ.

ސުނީތާ ބުނީ ދެން އެ މައްސަލައިގައި ކުރިއަށް ދެވޭނެ ގޮތަކާ ގުޅޭ ގޮތުން ވަކީލުންނާ މިހާރު ވާހަަކަ ދައްކަމުންދާ ކަމަށެވެ.

"ވިމެން އައިކެން ފަދަ އެވޯޑްތަކަކީ ޖޯކެއް ނޫން. މީގެ ކުރިން ވެސް އެފަދަ އެވޯޑްތައް ލިބިފައި ހުރީ ގާބިލު ބޭފުޅުންނަށް" ސުނީތާ ބުންޏެވެ.

މިދިޔަ އަހަރު ކުރީކޮޅު ވެސް ސުނީއަށް ވަނީ ބައިނަލްއަގުވާމީ ދެ އެވޯޑެއް ލިބިފައިވެއެވެ. އެއީ "އޭޝިއާސް އައުޓްސްޓޭންޑިން ވުމަން އެޗީވަރ" އެވޯޑާއި، "އޭޝިއާސް އައުޓްސްޓޭންޑިންގ ބްރޭންޑް" އެވޯޑެވެ. އޭޝިއާ އެވޯޑަކީ ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން އޭޝިއާ ބައްރުން ފާހަގަކޮށްލެވޭ ތަފާތު އެކި ޝަޚްސިއްޔަތުތަކާއި ވިޔަފާރިތައް ފާހަގަކޮށް، ދެމުން އަންނަ އެވޯޑެކެވެ.

މިއީ އޭޝިއާ ސަރަޙައްދުގައި ދެވޭ މިފަދަ އެންމެ ޝަރަފުވެރި އެއް އެވޯޑްކަން ފާހަގަ ކުރެވެއެވެ. އޭގެ ފަހުން މިދިޔަ އަހަރު ނިމެން އުޅެނިކޮށް ސުނީއަށް ވަނީ "ވިމަން އައިކަން އެވޯޑް"ގެ ނަމުގައި ދެމުން އަންނަ އެވޯޑުން "އައުޓް ސްޓޭންޑިން ވިމަން އެވޯޑް" ވެސް ލިބިފައެވެ.

އެވޯޑްތަކުގެ ފަސްބައި ފައިސާ އިން ކިލަނބުވެފައި؟

ސުނީތާއަށާއި ރާއްޖޭގެ އެކި ފަރާތްތަކަށް އެވޯޑުތައް ގިނަގިނައިން ލިބޭތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ނަމަވެސް އެވޯޑްތައް ގަންނަކަމަށް ކުރެވޭ ތުހުމަތުތައް ސުނީތާ އަބަދުވެސް ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަނގަގަދަ މިތުރު

    ފާޑުކިޔަނީ ޤާބިލު ނޫން މީހުނަށްވެސް އެވޯރޑް ދޭތީ. އެއީ ރާއްޖޭގައިވެސް ކުރާކަމެއް. ދިވެހިން ދަންނަ ، އެމީހުންގެ ކިބާގައި އެފަދަ އެވޯޑެއް ޙައޤުވާ ފަދަ ޢާބިލްކަން ނެތް އެތައް ބަޔަކަށްވެސް އެކި ނަންނަމުގައި އެވޯރޑްދީފަ އެބަހުރި. ޅެންވެރިކަން ނުދަންނަ މީހުނަށްވެސް ޅެންވެރިކަމުގެ ދާޢިރާއިން އެވޯޑްދީފައެބަހުރި. ވަޒަނަށް ބަސް އަތުރަން އެނގުނަސް އެ އަދި ޅެންވެރިކަން އެނގުނީއެއްނޫން. އެހެންވެ މި ބުނީ.

  2. ކޮޔާ

    މިދުނިޔެ މަތީގަ ލިބޭ ތިކަހަލަ އެވޯޑަކުން އާޙިރުގައި ކުރާނެ އެއްވެސް ފައިދާއެއްނެތް މަރުވުމައްފަހު ތިންކަމަކުން އެމޙާގެ ބޭނުން ކެނޑިގެންދޭ އަބަދަށް ދެމިގެންވާ ޮތުގަ ކުރި ސަދަގާތަކާއި ދޫކޮއްފަ ދިޔަ އިލްމަކާއި އެމީހެއްގެ މައްޗަށް ހެޔޮދުޢާ ކޮއްދޭނޭ ރަނގަޅު ސާލިޙު ދަރިއެއް

  3. ޒައިދު

    ސުނީތާގެ މައްސަލައަކީ މާގިނައިން ޑާންސްކުރާތީ..