"ޝުގާކޭން" ނުވަތަ އުއްދަނޑިއަކީ އިންސާނުންގެ މެދުގައި ވަރަށް މަގުބޫލު، އެންމެން ވެސް ކާހިތްވާ އެއްޗެކެވެ. އިންސާނުންގެ އިތުރުން ވެސް މިއީ ޖަނަވާރުންގެ މެދުގައި ވެސް ވަރަށް މަގުބޫލު އެއްޗެކެވެ. ހާއްސަކޮށް ޕެންޑާ އާއި އެތްތަކަށް އުއްދަނޑިއަކީ ވަރަށް ވެސް މީރު އެއްޗެކެވެ.
އުއްދަނޑި ހައްދާފައި ހުންނަ ދަނޑުތަކަށް ވަގަށް ވަދެ އެތަކެތި ކާލުމަކީ ވެސް އާންމުކޮށް ކުރާ ކަމެވެ. މިއީ އެގޮތުގެ މަތިން ތައިލޭންޑުގެ ދަނޑެއްގައި ހުރި އުއްދަނޑި ގަހަކުން ވަގަށް އުއްދަނޑިކާން ހުއްޓާ ފަޅާ އަރާފައިވާ އެތެއްގެ ވާހަކައެވެ.
ދުނިޔޭގެ ބޮޑެތި މީޑިއާ ތަކުން އެވާހަކަ ގެނެސްދީފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނީ ވަގަށް އުއްދަނޑި ކާތީއެއް ނޫނެވެ. ގިނަ ބައެއްގެ ސަމާލުކަމަށް އެކަމަށް އައިސްފައިވަނީ އުއްދަނޑި ކާން ހުރެފައި މީހަކަށް ފެނުމުން ފިލަން ވެގެން ލައިޓް ދަނޑިއެއް ފަހަތަށް އެސޮރު ވަނުމުންނެވެ.
މިއީ މިދިޔަ އަހަރު ހިނގި ހާދިސާއެއް ނަމަވެސް ދާދި ފަހުން ވެސް އެތް ފިލައިގެން ހުރި މަންޒަރު ފެންނަ ފޮޓޯ މީޑިއާގައި ބަޔަކު މީހުން ވަނީ ދައުރުކުރަން ފަށާފައެވެ. އެއާއި އެކީ އަނެއްކާ ވެސް އެކަމަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން އައިސްފައެވެ.
ފޮޓޯ އާއި ގުޅިގެން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވަނީ ވަގަށް އެއްޗެއް ކާން ހުއްޓާ ބަޔަކަށް ފެނުމުން އެސޮރު ވެސް ފިލަން ވެގެން މަސައްކަތް ކުރީ ކަމަށެވެ. ނަމަވެސް އެތެއް ކަމުން ހިމަ ލައިޓް ދަނޑިއެއް ފަހަތަށް ވަނުމުން ފެންނާނެ ކަމަށް އެސޮރުއަކަށް ނޭނގޭނެ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.
އެތެއް ނުކާނެ ނެ ވަގަކަށް! ޖަނަވާރުން އެއީ،
އަސްލުވެސް..އެއީ އެތަކެއްޗަށްވެސް ވާ ﷲ ދެއްވި ރިޒުޤު..އިންސާނުން ގަސް ހެއްދިޔަސް އެގަސްތަކަކީ އިންސާނުންނެކޭ އެއްފަދައިން ޖަނަވާރުންނާއި ދޫނި ސޫފާސޫފީގެ ހައްޤުތަކެއްވާ އެއްޗެއް..
ރަސޫލު ޒަމާނު ވާހަކައެއް މިއީ. ލިޔާނެ އެއްޗެއް ހަމަ ނެތީތަ ؟. ދީނީ ވާހަކަ އެއް ލިޔެބަލަ ކޫސަނި އެއްޗިސް ނުލިޔެ.
ޝުގާކޭން އޭ ނުބުންޏަސް އުއްދަނޑިއޭ ބުނީމަ ދިވެހިންނަށް އެނގޭނެ
އެސޮރުވެސް ހިނދުކޮޅުގައި ތޯއްޗެ !!