އެމެރިކާގެ ގޮދަޑި އުފައްދާ ކުންފުންޏަކުން "ހާއްސަ ނިދުމުގެ ގާބިލްކަން" ލިބިފައިވާ ޕްރޮފެޝަނަލް މީހުން ހޯދަން ފަށައިފި އެވެ.

ނިއުޔޯކުގައި ހުންނަ ކުންފުނި ކެސްޕަރ އިން "ކެސްޕަރ ސްލީޕަރސް" ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ޕްރޮފެޝަނަލް ކޮށް އެކަން ކޮށް، ލިބިފައިވާ ތަޖުރިބާއާ ގުޅޭގޮތުން މީސް މީޑިއާގައި ކޮންޓެންޓް ކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

އަދި އެ މީހާއަކީ "ހާއްސަ ނިދުމުގެ ގާބިލުކަމާއި، ވީހާވެސް ގިނައިން ނިދުމުގެ ޝައުގުވެރިކަމާއި، ކޮންމެ ކަމެއްގެ ތެރެއިން ނިދުމުގެ ގާބިލުކަން" ހުންނަ ފަރާތަކަށް ވާންޖެހޭނެ ކަަމަށް ބުނެފައި ވެއެވެ.

އެ ސްޓޯރުގައި ނިދާ، އޭގެ ވީޑިއޯތައް ހަދަން ޖެހޭނީ ޓިކްޓޮކް އިން ފެންނަ ވީޑިއޯތަކާއި އެއްގޮތަށެވެ. އެމީހަކު ހަދާ އޭވީޑިއޯތައް ކެސްޕާގެ މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައި އާއްމު ކުރާނެ ކަމަށް ބުނެފައި ވެއެވެ.

އަދި އެ މީހަކު ވާން ޖެހޭނީ ހުރިހާ ކަމެއް ހިއްސާ ކުރެވޭނެ މީހަކަށެވެ. އެ މީހަކަށް އެތަނުން ފައިސާ ދޭނެއެވެ. އަދި އިތުރުން ކާމިޔާބު ކެންޑިޑޭޓުންނަށް މަސައްކަތަށް ނިދާހެދުން އެޅުމުގެ ފުރުސަތު ވެސް ލިބިގެންދާއިރު، ކުންފުނީގެ އުފެއްދުންތައް ހިލޭ ލިބޭނެއެވެ.

މި ވަޒީފާއަށް އޮގަސްޓް 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލެވޭނެއެވެ. އަދި ނިދުމުގެ ހުނަރު ލިބިފައިވާ މީހުން ޓިކްޓޮކް ހަދައި ވީޑިއޯތައް އެޕްލިކޭޝަންއާއެކު ފޮނުވަން ޖެހެއެވެ.

މިވަޒީފާއަށް ކުރިމަތިލުމުގެ މައިގަނޑު އަނެއް ޝަރުތަކީ އުމުރުން 18 އަހަރު ފުރިފައިވުމެވެ. ދެން އޮތީ ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ނިދޭ މީހަކަށް ވުމެވެ.

ވަޒީފާއަށް އެޕްލައި ކުރާނެ ލިންކް

އެފަދަ މީހަކު ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ބޮޑު އިއުލާނެއް ކުރަން ޖެހުނީ ވެސް އެހެންވެ ކަމަށް ކެސްޕާ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު