ބިޔަ ރާޅުތަކެއް އިމާރާތްތަކަށް ބިންދާލާ މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މިވީޑިއޯ ހިއްސާކޮށްފައިވަނީ ވިއާޖޯ މުންޑޯ ނަމަކަށް ކިޔާ އިންސްޓަގްރާމް ޕޭޖެއްގައެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ބިޔަ ރާޅުތައް އިމްރާތްތަކުގައި ބިންދާލާފައިވަނީ ފްރާންސްގެ ސައިންޓް-މާލޯ ޕޯޓު ސިޓީގައެވެ. މިމަންޒަރު ފެންނަ ވިޑީއޯ މިހާރު އާންމުވެފައިވާއިރު، ވީޑިއޯއިން ފެނިގެން ދަނީ ބިޔަ ރާޅުތަކެއް އައިސް އިމާރާތްތަކުގެ ފުރާޅާއި ހަމައަށް ބިންދާލާ މަންޒަރެވެ.

އެސަރަހައްދުގައި ރާޅުތަކުގެ ބާރު ކުޑަ ކުރަން ބޮޑު ހިލަ ޖަހާފައި ހުރިތަނެއް ނުފެނެއެވެ. އެހެން ކަމުން ރާޅުތައް އަންނަ ބާރުމިނުގައި އައިސް އިމާރާތުގައި ޖެހޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.

މިވީޑިއޯ މީސްމީޑިއާގައި އާންމުވުމާއި ގުޅިގެން މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ވީޑިއޯ ބަލާފައެވެ. އަދި ވީޑިއޯއަށް ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ މަންޒަރަކީ އެއީ ބަލާލަން ރީތި މަންޒަރެއް ކަމަށާއި ނަމަވެސް އޭނާއަކަށް އެތަނުގައި ދިރިނޫޅެވޭނެ ކަމަށެވެ. އެއީ ރާޅުތައް އަންނަ ވަގުތު ކުޑަދޮރުތައް ހުޅުވާފައި ހުރެއްޖެނަމަ، ގޭގައި ގެންގުޅޭ ހުރިހާ އެއްޗެއް ތެމި، މުޅި ސަރަހައްދުގައި ފެންބޮޑުވެދާނެތީ ކަމަށް އޭނާ ވަނީ ބުނެފައެވެ.


ވީޑިއޯއަށް ކޮމެންޓް ކުރި އިތުރު މީހަކު ބުނެފައިވަނީ އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން އެމީހުންގެ ކުޑަ ދޮރުތައް ސާފު ކުރަން ނުޖެހޭނެ ކަމަށެވެ.

ސައިންޓް-މާލޯ އަކީ އިނގިރޭސީންގެ ޗެނަލްގެ އައްސޭރިފަށުގައި ބްރިޓަނީ ސަރަހައްދުގައި އޮންނަ ތާރީޚީ ފަރަންސޭސި ފާރުރޭނުމުގެ ސިޓީއެކެވެ. މި ސިޓީ މަޝްހޫރުވެފައިވަނީ ކަނޑުފޭރޭ މީހުންނާއި ރީތި ގޮނޑުދޮށްތަކުގެ ވާހަކަތަކުގެ ސަބަބުންނެވެ.

އާންމު ގޮތެއްގައި އެސަރަހައްދަށް އެފަދަ މަންޒަރެއް ނުފެނުނު ނަމަވެސް ދޭތެރެއަކުން އެފަދަ މަންޒަރެއް ފެންނާތީ އެސިޓީ ވަނީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ތަނަކަށް ވެފަެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ލިވާތުކުޅިކުޅޭ ތަންތަނަށް ތިކަހަލަ ރާޅުއަރައެވެ. ދޫނިރާއްޖެއަށް ތިކަހަލަ ރާޅުއެރުމަކީ މިހާރު ދުރުކަމެއް ނޫނެވެ.

    • އަފްގާނު މީހާ

      މި ދިޔަ ހަފްތާގަ ވެސް 200 މީހުން މަރުވި ފެން ބޮޑު ވެފަ.އެއްވެސް ލިވާތެއް ނުހިނގާ މިކޮޅަކު.މީ ކިހިނެއް ވާ ކަމެއްބާ

  2. ފރ

    ފާރުރޭނުން؟ ފޭރޭ މިހުންގެ ވާހަކަ ދޯ

    2
    1