މިހާރު އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ކަނޑު މެދުން އޮރެންޖް ކުލައިގެ އަލިފާންގަނޑެއް ރޯވާ މަންޒަރެވެ. މިކުރު ވީޑިއޯއިން ފެނިގެންދާ އަލިފާންގަނޑަކީ ކަނޑުއަޑީގެ ހޮޅިއަކުން ގޭސް ލީކުވުމުން މެކްސިކޯ ކަނޑުގެ ސަރަހައްދުގައި ރޯވި އަލިފާންގަނޑެވެ.

މި ހާދިސާ ހިނގީ މިދިޔަ އަހަރުގެ ޖުލައި މަހު ކަމަށް މީސް މީޑިއާ ބޭނުންކުރާ ބައެއް ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.

[deleted by user]
by ininterestingasfuck

ނަމަވެސް އެ ވީޑިއޯ އަނެއްކާ ވެސް ދަނީ މީހުންގެ ސަމާލުކަމަށް އަންނަމުންނެވެ. މިއީ ފިލްމްތަކުން ފެންނަ ކަހަލަ މަންޒަރުތައް ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ. އަދި ގިނަ ބަޔަކަށް އެކަން ގަބޫލު ކުރަން ވެސް ދަތިވެފައެވެ.

މިއީ އަސްލު ވީޑިއޯއެއްކަން ގަބޫލު ކުރަން ދަތި ނަމަވެސް، މިއީ ހަމަ ހިނގާފައިވާ ހާދިސާއެއް ކަމަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެ ކްލިޕްގައި ފެންނަނީ ފެނުގެ ތެރެއިން ގަދަ އޮރެންޖު ކުލައިގެ އަލިފާންގަނޑެއް އަރަމުންދާ ތަނެވެ. އަދި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްޓަކައި ވަށައިގެންވާ ހަތަރު ދޯނި ހަރަކާތްތެރިވާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

ރެޑިޓްގައި އާއްމުކޮށްފައިވާ އެ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، އެ ވީޑިއޯ ބެލި މީހުންގެ ކޮމެންޓްތައްވެސް ގިނަކަން ފާހަގަކޮށްލެއެވެ.