ވިލިމާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ވިލިމާލެ "ސޮޕް އެން ސޭލް" ފިހާރައިގެ މަތީ ފަންގިފިލާގައި އަލިފާނު ހާދިސާއެއް މިއަދު ހެނދުނު 9:00 ގައި ހިނގާފައިވާ ކަމަށެވެ.

ރޯވި އަލިފާން، އެމްއެންޑީއެފް ވިލިމާލެ ފަޔާ ސްޓޭޝަނުން މިހާރު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަން ނުވަތަ ނޫންކަން ސާފެއް ނޫނެވެ. އަދި އަލިފާން ރޯވާ މެދުވެރިވި ސަބަބެއްވެސް އެމްއެންޑީއެފްއިން ހާމައެއް ނުކުރެއެވެ.

މާލޭ ސަރަހަށްދުގައި ގެތަކުގަ އާއި ފިހާރަތަކުގައި މަދުން ނަމަވެސް އަލިފާނުގެ ހާދިސާތައް ހިނގައެވެ. ގިނަ ހާދިސާތައް ހިނގަނީ ގޭސް ފުޅިއެއް ގޮވައިގެނެވެ. މި ފަދަ ހާދިސާތަކުގައި މީހުން އަނިޔާ ވަނީ މަދު ފަހަރެއްގައެވެ.