ޏ. ފުވައްމުލަކު ކުނި ގޮނޑުގައު ރޯވި އަލިފާންގަނޑު ނިވާލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ފުވައްމުލަކު ސިޓީ ކުނިގޮނޑުގައި ހުރި ކުނިތަކެއްގައި މިއަދު 11:45 ހާއިރު އަލިފާން ރޯވެގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ފުވައްމުލަށް ކުނިގޮނޑުގައި ރޯވެފައިވާއިރު، މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަލިފާންގަނޑު ނިވާލާފައިވަނީ 12:10 އެހާކަންހާއިރު ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.