(ފުވައްމުލައް ސިޓީ) އެއާޕޯޓު ތަރައްގީ ކުރުމާ އެކު، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ގިނަ ވައުދުތަކެއް ފުވައްމުލަކަށް މިރޭ ވެވަޑައިގެންފިއެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ސިޓީ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އެއާޕޯޓުގެ ތަރައްގީ އަށް ކުރަން ޖެހޭ ކަންކަން ރޭވިގެން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި އެއާޕޯޓުގައި އިތުރު އިމާރާތްތައް އަޅައި ވައިގެ ބަނދަރު ތަރައްގީ ކުރުމަކީ މިހާރުއްސުރެ، ފެށޭނެ ކަމެއް ކަމަށާއި ޕީޕީއެމް/ޕީއެންސީ ވެރިކަމެއްގައި އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުވައްމުލަކުގައި ސިޓީ ހޮޓަލެއް އެޅުމަށް ވެސް އޭނާ ވައުދުވެވަޑައިގެންނެވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ބަނދަރު ބޮޑުނުކޮށް، މި ސިޓީގައި މަސްވެރިކަމާއި ފަތުރުވެރިކަން ކުރި ނާރާނެއެވެ. އެހެންވެ، ފުވައްމުލަކު ބަނދަރު ބޮޑުކޮށް، ޒަމާނަށް ފެތޭ ގޮތަށް އެ ބަނދަރު ތަރައްގީކޮށް ދެއްވުމަށް ވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

ފުވައްމުލަކުގެ ސިއްހީ ދާއިރާ އަށް މުހިންމު ކަންކަން ހުރި ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ ހޮސްޕިޓަލުން ހިދުމަތް ނުލިބިގެން މާލެ ދާން ޖެހުމަކީ މައްސަލައެއް ކަމަށެވެ. އެހެންވެ، ހޮސްޕިޓަލްގައި ގާއިމު ކުރަން ޖެހޭ ހުރިހާ ހިދުމަތްތަކެއް ގާއިމުކޮށް، ތަރައްގީ ކުރެވިފައިވާ ޒަމާނީ ހޮސްޕިޓަލަކަށް ހަދައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ހަމައެއާއެކު، ކުޑަކުދިންނާއި މާބަނޑު މީހުންނަށް ހާއްސަ ހޮސްޕިޓަލެއް މި ސިޓީގައި ގާއިމު ކުރެއްވުމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

މުއިއްޒު ފުވައްމުލަކަށް ވެވަޑައިގެންނެވި ބޮޑެތި ވައުދުތައް:

1- ބަނދަރު ބޮޑު ކުރުން.
2- ސިޓީ ހޮޓަލެއް ގާއިމު ކުރުން.
3- ހޮސްޕިޓަލް ޒަމާނީ ހޮސްޕިޓަލަކަށް ހެދުން.
4- ކުޑަކުދިންނާއި މާބަނޑު މީހުންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުން.
5- ވަގްފު އިމާރާތެއް އެޅުން.
6- މާލޭގެ ރަސްފަންނު ގޮތަށް ރީތި ބީޗެއް ހެދުން.
7- އެކޮމޮޑޭޝަން ފެސިލިޓީއެއް ތަރައްގީ ކުރުން.
8- ޒަމާނީ ލައިބްރަރީއެއް ގާއިމު ކުރުން.
9- ގެދޮރުވެރިކަން ޔަގީން ކުރުން.

މީގެއިތުރުން ސިޓީތަކުގައި ވަގުފް ބިންތައް ކަނޑައަޅައި، އެ ބިމުގައި ސަރުކާރުގެ ހިދުމަތްދޭ އިދާރާތައް ގާއިމު ކުރުމަކީ އޭނާގެ ވެރިކަމެއްގައި ކުރައްވާނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންވެ، ވެރިކަމަށް ވަޑައިގެންފި ނަމަ، ފުވައްމުލަކުގައި ވަގްފު އިމާރާތެއް އެޅުމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށްދާ ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ މި ސިޓީގައި މާލޭގެ ރަސްފަންނު ގޮތަށް، ބީޗެއް ވެސް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި ކިޔަވަން ރަށުގައި ތިބޭ ކުދިންނަށް ފެންވަރު ރަނގަޅު އެކޮމޮޑޭޝަން ފެސިލިޓީއެއް ގާއިމުކޮށް ތައުލީމީ ހަބަކަށް މި ސިޓީ ބަދަލު ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ކޮންމެ ސިޓީއެއްގައި ޒަމާނީ ލައިބްރަރީއެއް ގާއިމު ކުރުން ހިމެނެއެވެ. މި ސިޓީގައި ވެސް އެފަދަ ލައިބްރަރީއެއް ގާއިމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

އެންމެ ފަހު ކަމެއްގެ ގޮތުގައި މުއިއްޒު ފާހަގަ ކުރެއްވީ ގެދޮރުވެރި ކުރުވުމުގެ މަޝްރޫއެވެ. މި ސަރުކާރުން 400 ހައުސިން ޔުނިޓް އެޅުމަށް އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް އެއީ އެންމެ ހައްގުވާ މިންވަރު ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެ އަސާސީ ހައްގެއް ކަމުގައި އަޅުގަނޑު ދެކެނީ. އެންމެ ބޮޑު ސިޔާސަތަކަށް ވާނީ ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމުގެ ސިޔާސަތު" މުއިއްޒު ވިދާޅުވިއެވެ.

ފުވައްމުލަކު ރައްޔިތުން ވެސް ގެދޮރުވެރި ކުރުވާނެ ކަމުގެ ޔަގީންކަން ދެއްވައި މުއިއްޒު ވަނީ ގެދޮރު އިމާރާތް ކުރުމަށްޓަކައި އަތްފޯރާ ފަށުގައި ލޯންތައް ދިނުމަށް ވެސް ވައުދުވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުއިޒު ނޫން ގޮތެއް.

    މުއިޒް ފްލެޓް ދޫކުރިއިރު އޮތީ ހުސް އޮޅުވާލުން.
    ނަމްބަރުތަކެއް ޖަހާފަ މީހުންގެ ނަންވެސް ނުޖަހާ ލިސްޓް ނެރުނީ.
    މަޖިލީހުން 3 ފަހަރު އެންގީމަވެސް ލިސްޓެއް ނުދިން.

    @ibusolih
    މިކަން ކުރެއްވީ ކިހާ ހާމަކަންބޮޑުކޮއްތޯ!
    ހެޔޮވެރިކަން ކުރާގޮތް ދަސްކުރަން މުއިޒް އަދި މަޑުކޮއްލައްވާ!

    4
    13
  2. ވަޒީފާ

    މ ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކި ކުރި މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އަދިވެސް ޑރ މުއިއްޒު ބަސްފުޅެއް ވިދާޅުވެފައެއް ނުވެ
    ރައީސް ޔާމީން އަށް ސަޕޯޓަރުން އެތައްބަޔަކު ވަނީ މިސަރުކާރުން ނުހައްގުން ވަޒީފާއިން ވަކި ކޮށްފައި . ޑރ މުއިއްޒު މިކަމަށް ސާފުކޮށް ބަސްފުޅެއް ބޭނުން. ރައީސް ޔާމީން ގެ ހައްގު ގައި މަސައްކަތް ކުރެއްވި ޚިދުމަތްތެރި ހުރިހާ މުވައްޒިފުންނަށް ލިބުނު އަނިޔާއަކާ ގުޅޭ ގޮތުން ބަސްފުޅެއް ވިދާޅުވާށޭ ޑރ މުއިއްޒު. މިއީ މުހިންމުކަމެއް އިނގޭތޯ. ބޮޑު ކެންޕޭން ނިމޭނީ މިކަމަށް ސާފުކޮށް ބަސްފުޅެއް ވިދާޅުވާށޭ ޑރ މުއިއްޒު އިނގޭތޯ.

    0
    4
    • ނަރުބަކުރު

      ތިޔަ މައުލޫގައި ވާހަކަ ދެއްކެވި. ވިދާޅުވީ ގެއްލުނު ވަޒީފާ ނޫނީ އެޔަށްވުރެ ރަނގަޅު ގޮތެއް ހަދައިދޭޅެ ކަމަށް. އިތުބާރު ކުރައްވާ މުއިއްޒަށް ވޯޓު ދެއްވާ.ދެރަގޮތެއް ނުވާޅެ! އިންޝާﷲ.

  3. ހީލްދަހާރޓްސް

    ވަތަން ރަނގަޅު ތަނަކަށް ހަދަން ގާސިމް ފަދަ ވަތަަން ދެކެ ލޯބިވާ މީހަކަށް ވަތަންގެ ހުރިހާ ކަތުންގެ ޚަޒާނާގެ ތަޅުދަނޑި އާއި އަދި ދައުލަތް ހަވާލު ކުރުން އެވެގެން ދާނީ މިވަތަންގެ ބޮލުގަިއ މީހަކު މަޑުމަޑުން ފިރުލާމާ ވަތަންދެކެވާ އަމަށަކު ލޯތްބެއްގެ އިހްސާސް ވަތަންގެ ދިދަ އަށް ހަނދާން ކޮށްދޭ އިހްސާސް އަށޭ މިވަތަން ރަނގަޅު މިސްރާބަށް ގާސިމް ގެންދާނެއޭ މިވަތަންގެ ހުރިހާ ކަތުން ދެކެ ލޯބިވާނެއޭ ގާސިމް އެންމެ ކަތުން ހިފާށޭ ގާސިމް އަތުގައި މާދަމާ އުޖާލާކުރަން މޭކް އަ ލިޓިލް ސްޕޭސް މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ...

  4. ދޭޑޯންޓް

    ޖޭޕީ ނަމުގައި ފަތުރުވެރިކަމުގެ ވުޒާރާގެ ވަަޒީރު ކަން ހޯދައިގެން ޖޭޕީ އެންމެ ބޭނުންވި ހިނދު ކެލާ މައުސޫމު ޖޭޕީ ދޫކޮށް ގޮސް އެމްޑީޕީ އާއި ގުޅުން އެއީ ސީދާ ބޮޑު ޚިޔާނާތެކޭ އެވީ ދެން މިގޮތަށް ކާން ދިން އަތުގައި ދަތް އަޅާ ބުރި ކޮށްލާ މީހުން ވަތަންގެ ކަތުންނަށް ޚިޔާނާތްތެރިވާން ފަސް ނުޖެހޭނެއޭ އޫމް ބާއުބާއު އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯން ރިއަލީ ކެއަރ އެބައުޓް އަސް އާއްހާއް އަރާ އެސް އެސް މޭޒު މައްޗަށް އަރާ އަރާ ނަށާލާ ނަށާލާ ނަށާލާ އާއްހާއް ހާއްހާއް..

  5. ލަވްދަވޭ

    ރައީސް ޔާމީން ކުޅޭ ރޯލް ކުޅެމުން ދަނީ ގާސިމް އިބްރާހިމް މަމެން ބަލާލި އިރު ހުރިހާ ދިމާލަކުން ދަނީ ފެންނަމުންނޭ ގާސިމް ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަން ދަނީ ސާބިތު ކަމާއި އެކު ބުނަމުންނޭ ގައުމީ ކެންޑިޑޭޓް ގާސިމަށް ކިޔަން ޖެހޭ ސަބަބަކީމީ މަމެންނަށް ނޭވާ ނުލެވެއޭ އިންޑިއާ ސިފައިން ރާއްޖޭން ބާލާނެ ކަމަށް މުއިއްޒު ނުބުނުން ޖަސްޓް ގޮނާ ސްޓޭންޑް ދެއަރ ވޮޗް މީ ކްރައި ދެޓްސް އޯލް ރައިޓް ބިކޮޒް އައި ލަވް ދަވޭ އިޓް ހާރޓްސް ލަވް ދަވޭ އިޓް ހާރޓްސް ޖަސްޓް ގޮނާ ސްޓޭންޑް ދެއަރ އެން ހިއަރ މީ ކްރައި ބިކޮޒް އައި ލަވް ދަވޭ އިޓް ހާރޓްސް ލަވް ދަވޭ އިޓް ހާރޓްސް ލަވް ދަވޭ އިޓް ހާރޓްސް ޑާންސް ޑާންސް ޑާންސް ޑާންސް...

  6. ކަމަކުނުދޭ

    ރައީސް ޔާމީންގެ އެންމެ ބޮޑު އެދުމަކީ އެއީ އިންޑިއާ ސިފައިން ރާއްޖޭން ބޭލުން ކަމަށްވާއިރު އެވާހަކަ މިހާރު ޕީޕީއެމް އެއްކޮށް ހަނދާން ނެތިއްޖެއޭ މުއިއްޒު އަކަށް އެވާހަކަ ސީދާ ސީދަލަށް ގާސިމް އެދައްކާ ގޮތަށް ފާޅުކަން ބޮޑު ގޮތެއްގައި ކޮންމެ ޖަލްސާ އަކު ދައްކަން ނުކެރެއޭ މިވާހަކަ މިހާރު ދައްކަނީ ގާސިމް އެކަނިއޭ މީގައި ޕީޕީއެމްގެ މަގްސަދާއި ޚިލާފަށް ކެމްޕެއިން ކުރެވެމުންދާކަން ފާހަގަ ކުރެވޭ އެއީ ހަމަ ޔަގީން ޔަގީން މުޖައްރިބު ކަމެކަެ މުއިއްޒު ކަމަކުނުދޭ

  7. ހަންޑިކުޑަ

    ރައްޔިތުން ތިބީ ހުރިހާވެރިން މަތިން ފޫހި ވެފައޭ! ފޫހިވެފައޭ!