ފުވައްމުލައް ސިޓީގެ ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުން ހޯދަން އިއުލާނު ކޮށްފިއެވެ.

މިގޮތުން އެ ހޮސްޕިޓަލުން ވަނީ ސީނިއަރ ކޮންސަލްޓަންޓް / ކޮންސަލްޓަންޓް / ސީނިއަރ ސްޕެޝަލިސްޓް ރެޖިސްޓްރަރ / ސްޕެޝަލިސްޓް ރެޖިސްޓަރ – ސްޕެޝަލިސްޓް އިން އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ، މެޑިސިންގ، އެނެސްތެތީސިއޮލިޖީ، ޕީޑިއެޓްރިކްސް، ސާރޖަރީ، ރޭޑިއޮލޮޖީ، އޮޕްތަލްމޮލޮޖީ، އޯރތޮޕީޑިކްސް މަގާމަށް ދިވެހިން ހޯދުމަށް އިއުލާނު ކޮށްފައެވެ.

މިގޮތުން ޑޮކްޓަރުންނަށް ލައްކައަކާއި ގާތް ކުރާ އަދަދެއްްގެ މުސަރައެއް ލިބިގެން ދާނެއެވެ.

މި މަގާމުތަކަށް އެދި ހުށައަޅަންޖެހޭ ތަކެތި ހައެއް ސެޕްޓެންބަރުގެ 13:30 ގެ ކުރިން ފުވައްމުލައް ހޮސްޕިޓަލްގެ އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެ ކަަމަށްވެސް ބުނެފައި ވެއެވެ.

ރާއްޖޭގެ އަތޮޅު ހޮސްޕިޓަލްތަކުގައިވެސް މިހާރު ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަރުބަކިރު

    ކަނޑައެޅިގެން ދޮގެއް. ސްޕެޝިއަލައިޒް ވެގެން އަލަށް އަންނަ ޑޮކްޓަރުންގެ ބޭސިކް މުސާރައަކީ 29000…ދެން އެލަވަންސްތައް ލައިގެން 55000 ވަރު ލިބެނީ..ރަށުން ބޭރުގަ ހުއްޓަސް ހުރުމުގެ ހަރަދެއް، ކެއުމުގެ ހަރަދެއް، ދަތުރު ހަރަދެއް ދިވެހިންނަކަށް ނުލިބޭ..މުޅިން އޮޅުވާލުމާ މަކަރު.