ފުވައްމުލައް ސިޓީގައި 400 ހައުސިން ޔުނިޓް އެޅުމަށް 469 މިލިިއަން ރުފިޔާއަށް ބަޔަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އާބާދީގައި 13،499 މީހުން ދިރިއުޅެމުން އަންނަ ފުވައްމުލަކުގައި ބޯހިޔާވެހިކަމުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެ ސިޓީގައި 400 ހައުސިންގ ޔުނިޓު އެޅުމަށް ހަވާލުކޮށްފައި ވަނީ ޕީޓީ. ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ޕްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރިއިރު، މިއީ 469،787،688 ރުފިޔާގެ މަޝްރޫއެކެވެ. އަދި އެ މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައި ވަނީ 540 ދުވަހުގެ މުއްދަތެވެ.

ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމަށް ބަޔަކާ ހަވާލު ކުރުން - ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

ޕްލޭނިންގ މިނިސްޓްރީން ދިން މައުލޫމާތަށް ބަލާއިރު، މި މަޝްރޫއުގެ ދަށުން 1000 އަކަފޫޓުގެ، 3 ކޮޓަރިއާއި 3 ފާހަނާ ހިމެނޭ 400 ފްލެޓް އިމާރާތް ކުރާނެއެވެ.

ފުވައްމުލައް ސިޓީގައި މީގެ ކުރިން 200 ފްލެޓް އަޅާފައި ވެއެވެ. އެ ފްލެޓްތައް އިމާރާތް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފުވައްމޮލޮކެން ތަހުނިޔާ

    ޝުކުރިއްޔާ އަދި މަރޮހަބާ. ވޯޓު ފޯ ސާލިހު

  2. ދަތްނެތްކުއްޖާ

    އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި ކިތަންމެ ވަރަކަށް ހައުސިންގ ޔުނިޓް އެލިއަސް އެ އަތޮލުގެ ރައްޔިތުންގެ ވޯޓު ލިބޭނެ ހެނެއް ހިއެއްނުވޭ. ސަބަބަކީ ފައިސަލް ނަސީމު ކަޓުވާލީމާ ކަމަށް އެ އަތޮލުގެ ރައްޔިތަކު ބުނި.

  3. ކަލޯދަރި

    ބޭކާރު ޚަރަދެއް. 13000 އާބާދީ އިން އެ ތަނުގައި އުޅެނީ 6000 މީހުން. ގިނަ މީހުނަށް ހިޔާފްލެޓު، ގާކޮށި ފްލެޓް، އަރަބިއްޔާ ފްލެޓް ލިބިއްޖެ. އެ ރަށުގައި ދަނޑުވެރިކަން ފުޅާކޮށް ރަށުގެ މީހުނަށް އައްޑޫން، މާލެ ސަރަޙައްދުން ބިން ދޭންވީ. އެއީ އެންމެ ފައިދާބޮޑުގޮތަކީ.
    މަދިރި އުޅޭތީ އޮޅުތައް ދޫކޮށްލަނީ، އޭރުން އަލަ ނެތެނީ. ތަރައްޤީއަށް މޯޓަރުން ފެން ދަމަނީ. ދެން އަނބު ނެތެނީ. ސަރުކާރު ވިސްނާބަލަ މި ވާގޮތް

  4. އަޒޫ

    ރައްޔިތުން ގުނބޯ ނުހެއްދޭނެ، މިސަރުކާރަށް ފުވައްމުލަކުން ވޯޓް ޙަރާމް. އިންޝާﷲ މިފަހަރު ކާމިޔާބު ކުރާނީ ޤާސިމް ، ނާޒިމް ކޯލިޝަނުން . އިންޝާﷲ

  5. ޟިރާ

    މިލިއަނަކަށް ފްލެޓެއް އަގު....ކެޔަސް ބޮޑުވަރު

  6. ސަރީ

    ޕްލެކްސްއިންކް މިހާރު ހާދަ ޕްރޮޖެޓް ލިބެޔޭދޯ. އެހެންވީމާ، 130 މިލިޔަން ރުފިޔާ 100 ހައުސިން ޔުނިޓަށް. އެކަމަކު ސުވާލަކީ މާލޭގަ އެބައަޅަޔޭ 1 ސްކޫލް އިމާރާތް ގާތްގަޑަކަށް 100 މިލިޔަން ރުފިޔާއަށް.

  7. އާމިނަ

    މީހުސް ދެން އަންނަ ސަރުކާރެއްގެ ބޮލުގައި އަޅާ ދަރަނި.މިހާރު ކުރިއަށް ދާނީ ހުސް އެކަންތައް.ދެންއަންނަ ސަރުކާރަކުން ހުސް ދަރަނި އަދާކުރަންޖެހޭނީ.

  8. ރަނާ

    މަހިތަށް އަރަނީ ފްލެޓް ހަދާފަ ކުއްޔަށް ދިނީމަ އެތަންތަނަށް ކުލި ދެއްކޭނެ ގޮތެއް އޮވޭބާވައޭ . މާލޭގަވެސް -/1500ރ. އަށް ތަންތަންކޮޅު ހިފައިގެން އުޅޖނު މީހުނަށް ފްލެޓް ލިބުނީމަ އެތާގެ ކުއް ޔަށް ދައްކަން އެބަ ޖެހޭ ހަހާސް ހަތް ހާސް ރުފިޔާ ކޮންތާކުންހޭ ފައިސާ ހޯދަނީ