ސްރީ ލަންކާގެ ކޮލަމްބޯގައި އަންހެނަކު ވަގަށް ނަގާ ކާރެއްގައި ގެންދަނިކޮށް ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ އަންހެން މީހާ ވަގަށް ނަގާފައިވަނީ އޭނާ މަސައްކަތަށް ދަނިކޮށް ކަމަށެވެ. އެ އަންހެން މީހާ އަކީ ޑިކްވެލާގެ އެޕެރަލް ފެކްޓްރީއެއްގައި މަސައްކަތް ކުރާ މީހެކެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ވަނީ އެ އަންހެން މީހާ ވަގަށް ނަގައިގެން ކާރުގައި ސަދަން އެކްސްޕްރެސްވޭ އިން ދަތުރުކޮށްފައެވެ.

ފުލުހުން ބުނީ ބަދްދޭގާމާ ނިކުންނަ އިރު ދައްކަން ޖެހޭ ޓޯލް ފީ ދެއްކުމުން ޑިއުޓީގައި ތިބި ފުލުހުންގެ އޮފިސަރުންނަށް ކަމެއް ފާހަގަވި ކަމަށެވެ. އެގޮތުން ކާރުގެ ފަހަތުގައި އިން މީހަކު މޫނު ނިވާކޮށްގެން އިން އަންހެނެއްގެ އަތުގައި ހިފަހައްޓައިގެން ހުރިކަން ފުލުހުންނަށް ފާހަގަވިއެވެ.

އެ ފުލުހުން އެކަން ބަދްދޭގާމާ ޕޮލިސް ސްޓޭޝަނަށް އެންގިއެވެ. އޭގެ ފަހުން އެ ވެހިކަލް ހޯދުމަށް ފޮނުވި އޮފިސަރުންގެ ގްރޫޕަކުން ބަދްޑެގަމާ ޓައުން ކައިރިން އެ ވެހިކަލް ފެނުނެވެ.

އަދި ފުލުހުން އެ މީހުން ހުއްޓުވަން އުޅުމުން ފަހަތު ސީޓުގައި އިން މީހާ ވަގުތުން ވެހިކަލްގެ ދޮރު ތަޅުލައި، އަންހެން މީހާއަށް ތޫނު އެއްޗަކުން ބިރު ދައްކަން ފެށިއެވެ. އެ ހާލަތުގައި އެހެން އޮފިސަރުން ކާރުގެ ފަހަތު ސީޓުގެ ބިއްލޫރިތައް ތަޅާލައި، ވެހިކަލް ތަޅު ހުޅުވިއިރު، އިތުރު އޮފިސަރަކު ވަނީ ވައިގެ ތެރެއަށް ބަޑި ޖަހައި ކާރުގައި ތިބި މީހުން ބިރުގަންނަވާލާފައެވެ.

ފުލުހުން ބުނީ ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށް، ވެހިކަލްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި ވެހިކަލް ދުއްވަން އިނީ 23 އަހަރުގެ ފިރިހެނެއް ކަމަށް މައުލޫމާތު ލިބިފައިވާއިރު، ތުހުމަތު ކުރެވޭ ދެ މީހުންނަކީވެސް ވަލަސްމުއްލާގައި ދިރިއުޅޭ ދެ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މީހުން ވަގެއް ނުނަގާނެ ، ދިވެހީން ކިޑްނެޕްއަކީ ރަހީނުކުރުން