ލޯބިވެރިޔާއަށްޓަކައި ހިތާއި ހަށިގަނޑާއި، ޖާނާ މާލުން ގުރުބާން ވާ މީހުން އުޅެއެވެ. އެކަމަކު މިވަރުގެ ރަހުމް ކުޑަ މަންމައެއްގެ ވާހަކަތައް އައުމުން ޔަގީނުންވެސް އެތައް ބައެއްގެ ހިތައް އަސަރު ކުރާނެއެވެ. މިސްރަށް ނިސްބަތްވާ މަންމައަކު މި ވަނީ ލޯބިވެރިޔާއާ ކައިވެނި ކުރަން ތިން ދަރިން މަރާލާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން 26 އަހަރުގެ އެ އަންހެން މީހާ އާއި އޭނާގެ ލޯބިވެރިޔާ މިކަމުގައި ބައިވެރިވިއިރު، ތިން ދަރިންގެ އިތުރުން އެ އަންހެން މީހާގެ ފިރިމިހާވެސް މަރާލާފައި ވެއެވެ. އެ މައްސަލައިގައި ދެ މީހުންގެ މައްޗަށްވެސް ކުށް ސާބިތުވެ، ދަންޖައްސަން ވަނީ ހުކުމް ކޮށްފައެވެ.

މަތި މިސްރުގެ ނަގަހަ ހައްމާދީ ކްރިމިނަލް ކޯޓުން އިއްޔެ އެންމެ ފަހުގެ ހުކުމް އިއްވާފައި ވަނީ ގްރޭންޑް މުފްތީގެ ހުއްދަ ލިބުމާ ގުޅިގެންނެވެ.

މިކަން ހިނގާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އެގޮތުން ކަންނާ ސެކިއުރިޓީ ޑައިރެކްޓްރޭޓްއަށް ލިބުނު ރިޕޯޓްގައި ވަނީ ރާފަތު ގަލާލް، 35އ އަށް ވިހަ ދީގެން އުޅޭ ކަމެވެ. އޭނާގެ ތިން ދަރިންވެސް ކާނާ ވިހަވެގެން މަރުވެފައިވާ ކަމަށެވެ.

މިކަން ތަހުގީގު ކުރުމުން އެނގުނުގޮތުގައި، އެ މީހުން މަރާލާފައި ވަނީ ދިން ޖޫހުގެ ތެރެއަށް ވިހަ އަޅައިގެންެނެވެ.

ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި އެ ހާދިސާގެ ފަހަތުގައި ވަނީ އެ ކުދިންގެ މަންމަ، އޭނާގެ ލޯބިވެރިޔާއެވެ.