ޓާކިޝް އެއާލައިންސްގެ ފްލައިޓެއްގެ ތެރޭގައި ދަތުރުވެރިއަކު ކެބިންކްރޫއެއްގެ އިނގިލި ކާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓްތައް ބުނާ ގޮތުން ތުރުކީގެ މި ފްލައިޓްގެ ތެރޭގައި ދަތުރުކުރަމުން ދަނިކޮށް ކެބިންކްރޫއެއްގެ އިނގިލި ދަތުރުވެރިޔާ ކާލީ ކެބިންކްރޫ އާއި ޒުވާބުކުރަމުން ގޮސް ރުޅިކޮންޓްރޯލް ނުވެގެންނެވެ. މި ހާދިސާ ހިނގުމުން ފްލައިޓްގެ ކެޕްޓަން ވަނީ ވަގުތުން ދަތުރުކުރަމުން ދިޔަ މަންޒިލުގެ މިސްރާބު ބަދަލުކޮށް ދަތުރު ފެށި މަންޒިލަށް ފްލައިޓް ޑައިވާޓުކޮށްފައެވެ.

އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ތުރުކީގެ ވެރިރަށް އިސްތަންބޫލުން ޖަކާޓާއަށް ދަތުރުކުރި ޓާކިޝް އެއާލައިންސްގެ ފްލައިޓެއްގައި ހިނގި މި މާރާމާރީގެ ވީޑިއޯ ޓްވިޓާގައި ދަނީ ދައުރުވަމުންނެވެ.

އިސްތަންބޫލުން ޖަކާޓާއަށް ދަތުރުކުރި މި މަތިންދާބޯޓުގައި ހަމަނުޖެހުން ހިންގީ މަސްތުގެ ހާލަތުގައި ހުރި އިންޑޮނޭޝިއާގެ ދަތުރުވެރިއެކެވެ. އިންޑޮނޭޝިއާގެ ދަތުރުވެރިޔާގެ އަމަލުތަކުގެ ސަބަބުން މަތިންދާބޯޓު ޑައިވާޓް ކުރަން މަޖުބޫރުވި އިރު، އޭނާ އަކީ ބަޓިކް އެއާގެ ޕައިލެޓެއް ކަން ފަހުން ވަނީ އެނގިފަ އެވެ.

އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ތުރުކީ އެއާލައިންސްގެ ފްލައިޓް ޓީކޭ 56 އިން އިސްތަންބޫލް އެއާޕޯޓުން ޖަކާޓާ (ސީޖީކޭ) އަށް ފްލައިޓް ޑައިވާޓް ކުރަން ޖެހުނީ މަސްތުގެ ހާލަތުގައި ހުރި ދަތުރުވެރިއަކު ފްލައިޓް ތެރޭގައި ހަމަނުޖެހުން ހިންގައި ކެބިން ކްރޫންނަށް ހަމަލާ ދިނުމުން ކަމަށް ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފްލައިޓް އެޓެންޑެންޓުން އޭނާ ހަމައަކަށް އެޅުމަށް ބުނުމުގެ ކުރިން އެ މީހާ އެންމެ ފުރަތަމަ ރުޅި އައިސްފައި ވަނީ އޭނާ ކައިރީ ހުރި އެހެން ދަތުރުވެރިއަކު ގެންގުޅުނު ކުޑަ ކުއްތާއެއްގެ ސަބަބުންނެވެ.