ތުރުކީގެ ގައުމީ އެއާލައިން، ޓާކިޝް އެއާލައިންސް އިން ރާއްޖެ އަށް ކުރަމުން އައި ދަތުރުތައް އިތުރުކޮށްފިއެވެ.

މިހާރަކަށް އައިސް، ވަރަށް ގިނަ ދިވެހިން ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ގިނަ އިން ދަތުރު ކުރާ އެއް ގައުމަކީ ތުރުކީއެވެ.

މީގެކުރިން ޓާކިޝް އެއާލައިނުން ރާއްޖެ އަށް ކުރީ ދުވާލަކު އެއް ދަތުރެވެ. އަލަށް ގެނައި ބަދަލާއެކު އެއާލައިނުން ހަފްތާއަކު 11 ދަތުރު ކުރާނެއެވެ.

ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ޓާކިޝް އެއާލައިނުން އިތުރު އެއް ދަތުރު ކުރާނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓާކިޝް އެއާލައިނަކީ މި އަހަރުގެ މިހާތަނަށް ހަތްވަނަ އަށް އެންމެ ގިނަ މީހުން ދަތުރު ކުރި އެއާލައިނެވެ. އެ އެއާލައިނުން މިހާތަނަށް 56،712 މީހުން ވަނީ ރާއްޖެއަށް އައިސްފައެވެ.