މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓްގެ އާ އަލްބަމް "މިޑްނައިޓްސް" ރިލީޒްކުރިތާ ފުރަތަމަ ތިން ދުވަހުގެ ތެރޭގައި އެއް މިލިއަނަށް ވުރެ ގިނަ ކޮޕީ ވިކިއްޖެ އެވެ.

އުމުރުން 32 އަހަރުގެ ލަވަކިޔުންތެރިޔާގެ މަސައްކަތުގެ އާ ބޮޑީ މިދިޔަ ހުކުރު ދުވަހު ދޫކޮށްލި އިރު، ރިލީޒްކުރިތާ ފުރަތަމަ ތިން ދުވަހުގެ ތެރޭގައި އެމެރިކާގައި އެއް މިލިއަނަށް ވުރެ ގިނަ ޔުނިޓް ވިއްކާފައިވާއިރު، މިއީ މި އަހަރުގެ އެންމެ ގިނަ އިން ވިކުނު އަލްބަށް ވަނީ ވެފައެވެ.

ބިލްބޯޑުން ބުނި ގޮތުގައި މިއީ މީގެ ފަސް އަހަރު ކުރިން ޓޭއިލާ އަމިއްލައަށް އޭނާގެ ސްކޯ ސެޓްލިން އަލްބަމް ރެޕިއުޓޭޝަން ދޫކޮށްލި ފަހުން އެއްވެސް އާޓިސްޓަކަށް އެފަދަ ކާމިޔާބީއެއް ލިބިފައި ނުވާވަރުގެ އަލްބަމެއް ކަމަށެވެ.

ބިލްބޯޑް 200 އަލްބަމް ޗާޓުގައި މި އަލްބަމްގެ މަގާމު އަންނަ މަހު ހާމަކުރާނެ އެވެ. މިޑްނައިޓްސް އެއް ވަނައަށް ތައާރަފުވެއްޖެ ނަމަ މިއީ ސްވިފްޓްގެ 11 ވަނަ ޗާޓް ޓޮޕިން އަލްބަމެވެ.

ޓެއިލާ ވަނީ އަލްބަމްގެ ބޭސިކް އެޑިޝަން ރޭގަނޑުގެ ވަގުތެއްގައި ރިލީޒްކޮށް، އޭގެ ގަޑިއިރުތަކެއް ފަހުން އިތުރު ހަތް ލަވަ ހިމެނޭ "ތްރީއޭއެމް" ނަމަކަށް ކިޔާ އެކްސްޕެންޑެޑް ވާޝަނަކާ އެކު އޭނާގެ ފޭނުންނަށް އުފާވެރިކަން ގެނެސްދީފަ އެވެ.

ފުރަތަމަ ދުވަހު އެންމެ ގިނަ ސްޓްރީމްތަކުގެ ސްޕޮޓިފައި ރެކޯޑް މުގުރާލި އިރު، އޭނާގެ މަސައްކަތަށް ގިނަ ބައެއްގެ ތަރުހީބު ވެސް ވަނީ ލިބިފަ އެވެ.

ޕެންސިލްވޭނިއާއަށް އުފަން މިސޯންގްސްޓްރެސް ވަނީ ގާޑިއަންގައި ހާއްސަކޮށް އުޖާލާ ރިވިއުއެއްގެ ލިންކެއް ޓްވީޓްކޮށް ކްރިޓިކްސްއާ އެކު ކާމިޔާބީވެސް ހޯދާފަ އެވެ.