މަޝްހޫރު ލަވަ ކިއުންތެރިޔާ ޓޭލާ ސްވިފްޓް މިހާރު ކުރިއަށްދާ ވަރުގަދަ އިންޓަނޭޝަނަލް ޓުއާގައި އުޅޭ މީހުންނަށް ބޯނަސްގެ ގޮތުގައި 55 މިލިއަން ޑޮލަރު ދީފިއެވެ.

ޓޭލާގޭ "އީރާސް ޓުއާ" ފެށީ މިދިޔަ މާޗު މަހު އެމެރިކާގައެވެ. އަދި މި މަހު އެމެރިކާގެ ޓުއާ ނިންމައި ލެޓިން އެމެރިކާއަށް ދާނެއެވެ. އަދި އޭގެ އޮސްޓްރޭލިއާ އަށާއި އެހެން ގައުމުތަކަށް ގޮސް އެ ޓުއާ ނިންމާނީ އަންނަ އަހަރުއެވެ.

އެއާއެކު ޓޭލާ ވަނީ އޭނާއާއެކު މަސައްކަތް ކުރާ މީހުންނަށް ބޮޑު ބޯނަހެއް ދީފައެވެ. އެ ބޯނަސް ދިން މީހުންގެ ތެރޭގައި ނަށަން އުޅޭ މީހުންނާއި ޓެކްނީޝަނުންނާއި އަދި ޓްރަކްތައް ދުއްވާ މީހުން ވެސް ހިމެނެއެވެ.

އޭގެ ތެރެއިން ޓްރަކު ދުއްވާ މީހުންނަށް އެކަނިވެސް 100،000 ޑޮލަރު ބޯނަސްގެ ގޮތުގައ ދިނެވެ. އެ ހުރިހާ ބޯނަސްތަކުގެ ޖުމްލަ 55 މިލިއަން ޑޮލަރު އަރައެވެ.

އެމެރިކާގައި ދެމުން ގެންދާ ޓުއާއިން އެކަނިވެސް ވަނީ ވަރަށް ހޫނު ތަރުހީބެއް ލިބިފައެވެ. އަދި ޝޯތަކުން ބޮޑު ފައިދާއެއް ވަނީ ލިބިފައެވެ. އަންދާޒާ ކުރެވިފައިވާ ގޮތުގައި ޓޭލާގެ ޓުއާތަކުން ރެއަކު އެކަނިވެސް 13 މިލިއަން ޑޮލަރު ލިބެއެވެ.

ޓޭލާ އެންމެ ފުރަތަމަ އަލްބަމެއް ނެރުނީ އުމުރުން 16 އަހަރުގައި 2016 ވަނަ އަހަރުއެވެ. އެ އަލްބަމަށް ވެސް ބޮޑު ކާމިޔާބީއެއް ލިބުނު އިރު އޭނާ މިހާތަނަށް 10 އަލްބަމް ވަނީ ނެރެފައެވެ. އަދި މިއުޒިކީ ފަންނާނުންދޭ އެންމެ ޝަރަފުވެރި އެވޯޑް، 12 ގްރެމީ ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މިސާލަކަށް އަހަރެންނަށް ތިގޮތަށް ލައްކަ ޑޮލަރުން ލިބުނަސް އަތްނުލާނަން. ސަބަބަކީ އެއީ ހަރާން ލާރި ކަމަށް ވާތީ. ތިމާގެ ހަށިގަނޑާއި ލަދާއި އަޑު ދުނިޔޭގެ ޒީނަތްތެރިކަމަށް ވިއްކާލައިގެން ހޯދާ ލާރި ކަމަށް ވާތީ

    5
    2
    • ގާގާ

      މިހާރު ތިހެން ބުނާނެ

      7
      1
      • Anonymous

        ކޮން މިހާރެކޭ ކިޔާކަށް ކަލެއަށް ތަ މަގޭ ހިތުގަ އޮތް އެއްޗެއް ފެންނަނީ
        ހިތް ފަޅާލިޔަސް ހިތުގަ އޮތް އެއްޗެއް ކަލެއަކަށް ނުފެންނާނެ. އެއީ ހިތުގެ ރޫހާނީ ބައި. އެއީ ރައްބުލް އާލަމީންގެ ދެނެވޮޑިގަތުމުގައިވާ ކަންތައް.

        6
        1
    • ގާގާ

      ނާހަމެއްނު ދޯ