މަޝްހޫރު ލަވަ ކިޔުންތެރިޔާ ޓެއިލާ ސްވިޓްގެ ކޮންސާޓްތަކަށް އެތައް ހާސް ބަޔަކު ދެއެވެ. އޭނާގެ ފޭނުން މި ޝޯވތަކަށް ގޮސް ނިމެންދެން ފޯރީގައި ފަހަތުން ލަވަ ކިޔާ ޓެއިލާއަށް ސަޕޯޓް ކުރުމުގައި ތިބެެއެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟. މިފަދަ ކޮންސާޓްތަކަށް ދާ ބައެއް މީހުން ފާހަނައަށް ދާން ބޭނުނުން ނުވާތީ ދަނީ ނެޕީ ޖަހައިގެންނެވެ.

އެގޮތުން މި އަހަރުގެ މާރިޗް މަހުގެ 17 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 9 އަށް ކުރިއަށް ގެންދާ ޓެއިލާ ސްވިފްޓްގެ ދަ އީރާސް ޓުއާސް އަށްދާ އެކި މީހުން ބުނާގޮތުން، ފާހަނައަށް ދިއުމަށްޓަކައި ކިއުގައި ޖެހިގެން ތިބެން ބޭނުން ނުވާތީ އާއި ޓެއިލާގެ ޝޯވ ކުރިއަށްދާއިރު، އެންމެ ތަންކޮޅެއްވެސް ނުބަލާ ދޫކޮށްލަން ބޭނުން ނުވާތީ އެ މީހުން ދަނީ ނެޕީ ޖަހައިގެންނެވެ.

ޓިކްޓޮޮޮކްގައި ބައެއް މީހުން ވަނީ މިފަދަ އެތައް ވާހަކައެއްް ހިއްސަ ކޮށްފައެވެ. އެކަކު ވަނީ އޭނާ ނެޕީ ޖަހައިގެން ހުރި ވީޑިއޯއެއްވެސް ހިއްސަ ކޮށްފައެވެ.

އިތުރު މީހަކު ވަނީ ބޮޑެތި މީހުންގެ ނެޕީ އެމޭޒެންގައި ގަންނަން ލިބެން ހުރިކަން ހާމަކޮށް، އެ ކޮންސާޓްއަށް ނެޕީ ޖަހައިގެން ދާ ސަބަބު ހިއްސާ ކޮށްފައެވެ.

ޓެއިލާގެ ކޮންސާޓްތަކަށް ދާ މީހުންގެ އަދަދުތައް އިތުރުވެފައިވާއިރު، މި ޝޯވތައް އޮންނާނީ އެމެރިކާގައެވެ. މީގެ 60 ޝޯވއެއް ބާއްވަން ނިންމާފައިވާއިރު، އެހެން ބައެއް ތަރިންގެ ހުށަހެޅުންތައްވެސް މި ޝޯވގެ ތެރެއިން ފެނިގެން ދާނެއެވެ.