ވޯލް ސްޓްރީޓް ޖާނަލްގެ ޓެކް ލައިވް އިވެންޓުގައި އެޕަލްގެ ސޮފްޓްވެއާ އިންޖިނިއަރިންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ކްރެއިގް ފެޑެރިގީ އާއި އެޕަލްގެ ވޯލްޑްވައިޑް މާކެޓިންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އެވެގްރެގް ޖޮސްވިއާކް (ޖޯޒް) ވަނީ އައިފޯނުގައި ޔޫއެސްބީ-ސީ އާއި އައިޕެޑްއޯއެސްގައި އަދިވެސް ކެލްކިއުލޭޓާ އެޕްލިކޭޝަނެއް ނެތީ ކީއްވެތޯ އާއި އެންޑްރޮއިޑްގައި އައި މެސެޖް ފަދަ ގިނަ މައުޟޫތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

އީޔޫއިން ދަނީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން އައިފޯނާއި އެއާޕޮޑްސް ފަދަ ހުރިހާ ކޮންސިއުމާ އިލެކްޓްރޯނިކް ޑިވައިސްތައް ޔޫއެސްބީ-ސީ އަށް ބަދަލުކުރަން މަޖުބޫރު ކުރަމުންނެވެ. އާއުސޫލަކީ އައިފޯނާއި އެއާޕޮޑް މޮޑެލްތަކުގައި އަދިވެސް ލައިޓްނިންގ ކަނެކްޓަރު ބޭނުންކުރާ އެޕަލް އަށް ސީދާ އަސަރު ކުރާނެ އުސޫލެކެވެ.

ޖޯސްވިއާކް މިއަދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އައިފޯން ޔޫއެސްބީ-ސީ އަށް ބަދަލުވާނެކަން ނުސީދާކޮށް ކަށަވަރުކޮށް، އެޕަލް އިން އާ އުސޫލަށް ތަބާވާން ޖެހޭނެ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އެޕަލް އިން އައިފޯން 15 ގެ މޮޑެލްތަކުގައި ޔޫއެސްބީ-ސީ ޓެސްޓު ކުރަމުން އަންނަ އިރު، އަންނަ އަހަރުގެ ފަހުކޮޅު ރިލީޒް ކުރާނެ އެވެ.

ފެޑެރިގީ އާއި ޖޯޒް ވަނީ އައިފޯނުގައި އިނޮވޭޝަންގެ ސްޕީޑާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

"އާ އައިފޯންތަކާ މެދު މީހުން ތިބީ ވަރަށް އުފަލުން،" އައިފޯން 14 ޕްރޯގެ އާ ފީޗާތަކަށް އިޝާރާތްކޮށް ޖޯޒް ވިދާޅުވި އެވެ. ފެޑެރިގީ ވިދާޅުވީ އަބަދުވެސް ނުކުންނަން ޖެހޭ ޓަނުގެ އެއްޗެހި އެބަހުރި ކަމަށެވެ.

"އަހަރުމެން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ، ކަސްޓަމަރުންނަށް މާ ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާ ކަންތައްތަކުގެ ޕައިޕްލައިނެއް އެބަހުރި." ފެޑެރިގީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު