ބައިސްކޯފްގެ "ޗަނާޗާ 2022"ގައި ޕާފޯމް ކުރަން ހަމަޖެހިފައިވާ ސްރީ ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ޑި ސިލްވާއާ 999ރ ހަރަދުކޮށްގެން، ބައްދަލު ކުރެވޭނެ ގޮތަށް ހަމަޖައްސައި ވީއައިޕީ ޓިކެޓް ވިއްކަން ފަށައިފިއެވެ.
ޔޮހާނީ ވެފައި ވަނީ މިހާރު ދިވެހިންގެ ތެރޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނަކަށެވެ. "މަނިކޭ މަގޭ ހިތޭ" އިން މުޅި ދުނިޔޭގެ ބޮޑު މަގުބޫލުކަމެއް ހޯދި ޔޮހާނީ އަކީ މިހާރު ބޮލީވުޑްގެ ބައެއް ފިލްމްތަކަށްވެސް ލަވަކިޔަމުން އަންނަ ފަންނާނެކެވެ.
ޔޮހާނީ ރާއްޖޭގައި ޕާފޯމް ކުރުމަށް ހަމަޖެހިފައިވާއިރު، މިއީ އޭނާ ރާއްޖޭގައި ޕާފޯމް ކުރާ ފުރަތަމަ ފަހަރުވެެސް މެއެވެ. އެހެންކަމުން ގިނަ އަދަދެއްގެ ބަޔަކު "ޗަނާޗާ 2022"ގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ.
ޗަނާޗާ 2022 ޝޯވއަށް ހާައްސަކޮށް ދެ ކެޓެގަރީއަކުން ޓިކެޓް މިހާރުވެސް ދަނީ ވިއްކަމުންނެވެ. އެގޮތުން ޗަނާޗާ 2022އަށް ވަންނަ ޓިކެޓްގެ އަގަކީ 150ރ އެވެ. އަދި ވީއައިޕީ ޓިކެޓްގެ އަގަކީ 999ރ އެވެ. ވީއައިޕީ ޓިކެޓަކީ ލިމިޓެޑް ޓިކެޓް ތަކެކެވެ. މިި ޓިކެޓް ގަނެގެން ޔޮހާނީއާއެކު ވަގުތު ކޮޅެއް ހޭދަކޮށްލެވޭނެއެވެ. އަދި އޭނާއެކު ފޮޓޯ ނެގުމުގެ ފުރުސަތުވެސް ލިބޭނެއެވެ. އޭގެ އިތުރުން ޗަނާޗާ ޓީޝާޓްއަކާއި، ހާއްސަ ސީޓްއަކުން ޖާގަވެސް ލިބޭނެއެވެ.
މިފަހަރު ޗަނާޗާ ޝޯވގައި ގިނަ އަދަދެއްގެ ދިވެހި ފަންނާނުންވެސް ޕާފޯމް ކުރާނެއެވެ.
މިއީ ދިވެހި ފަންނާނުންގެ އުފެއްދުންތައް ކުރިއަރުވައި، އެ ފަންނާނުންގެ ހުނަރު ދައްކާލުމުގެ ނިޔަތުގައި ބައިސްކޯފް އިން އިންތިޒާމްކޮށްގެން ބާއްވާ ޝޯވއެކެވެ.
މި ޝޯވ ބާއްވަން ނިންމާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 20:00 އިން 12:00 އަށް ހުޅުމާލެ ޓްރެކް ދަނޑުގައެވެ.
999ރ މީނާއައި ބައްދަލު ކުރާނީ ކާކުބާ! މަށެއްނުދާނަށް އެންމެ ރުފިޔާއަކައްވެސް!
999ރ އަށް ޔޮހާނީ އާ ބައްދާލެވޭނެ ބާ؟
މީހުންނާއި މީހުން އެޕްއިންޓްމެންޓް ހަދައިގެން ބައްދަލުކުރަނީ ކޮންމެވެސް މުހިއްމު ބޭނުމެއްގައި ! ތިޔަމީހާއާއި ބައްދަލު ކުރަން އެހާ އަގުބޮޑުކޮށް ޓިކެޓް ނަގައިގެން ބައްދަލުކުރާނީ މޮޔައެއް ! އެހާ ރީތި މީހެއްވެސް ނޫން ! މޮޅުވެގެން އެހެން މީހުނަށް އިބްރަތެއް ދެވޭވަރުގެ މީހެއްނޫން ! ދުނިޔެމަތީގައި އިންސާނިއްޔަތަށް ފައިދާހުރި ކަމެއް ކޮށްދިން މީހެއްނޫން ! ދެން އަގުބޮޑު ޓިކެޓް ނަގައިގެން ބައްދަލު ކުރަން ތީ ކާކު ؟
އެހެންވީމަ ލާރިދީގެން އެހެން ކަންތައްވެސް ވާނެތާދޯ.
999 ރުފިޔާ ފަގީރުންނަށް ސޮދަގާތް ކޮށްބަލަ ﷲ އެމީހަކަށް ހެޔޮރަހުމަތް ލައްވާނެ
ކޮން ޔޮހާނީ އެއްތަ
999ރ އަށް ފަގީރުންނަށް ކާންދީ
ޙިލޭ ބައްދަލުވާ ގޮތައް އޮތަސް ނުކުރާނަން ދީނީ އިލްމު ވެރިޔާ މުފްތީއާ ބައްދަލު ކުރުމަށް ޓިކެޓެއް ނަގާކަށް ނުޖެހޭ ދީނާ ދުރު ފާހިޝް ކަންތަކަށް ވާގިވެރިވާން ޓިކެޓް ކިހާ ބޮޑު ޖޯކެއްމީ
50،000ރ އަށް ޓިކެޓެއް ވިއްކިއަސް ދާމީހަކު ދާނެ..
999ރ ހިފައިގެން ކާންދިޔަޔަސް މި މަންޖެއާ ބައްދަލުކުރަން ދިއުމަށް ވުރެން ރަގަޅުވާނެ!
-/999 ނުވަތަ -/1000 ދީފައި މީނައާއި ބައްދަލުކުރުމަށްވުރެ ތަނަކަށް ގޮސް ރަނގަޅަށް ކާލިޔަސް މާ ރަނގަޅުވާނެ
ތިޔަ ޔޯހާނީއަށް ބައްދަލުކުރަންދިޔާސް އާހިރަތް ލިބެންޔާ.
ނެޓްފްލިކްސް ބެލީމަ އާޚިރަތް ލިބޭބާ؟
ކަލޭ ނެޓްފްލިކްސ ގުޅައިގެނ ސްއުވީސް ގަޑިއިރު ބަލަން އޮތީމަ އެހެން މީހުން އެގޮތަށް އުޅޭ ކަމަށްތަ ހީކުރަނީ
ނޯނީޑް އެމްއެމްޕީ އާރްސީ ލާރިގަނޑުގެންގުޅޭ މީހުން އެލާރި ހަރަދުކޮއްފަދިއުން ރަނގަޅުވާނެ
ފެން ބިލާ ކަރަންޓް ބިލް އަދި ގޭގެ ކުލި ދައްކަން ހުރި ފައިސާ އިން 1 ހާސް ރުފިޔާ އެންމެ ރެއަކަށް މީހެއްގެ މޫނު ބަލާލަން ހަރަދު ކުރުމަކީ އިސްރާފް އެކެވެ.
ކަމުދާ އެންމެ ލަވަޔެއް ކިޔާފަވަނީ
ޢެވަރުން ބަލަންދާ ވަރުގެ މަންޖެ އެއްނޫން ތިޔައީކީ
މަންޖޭ ދިވެހިންގެ ޖީބޭ މިފަހަރު ދޮވެލާނީ.
28 އޮކްޓޯބަރ 2022 ދުވަހުގެ ރޭގަނޑު 8.45 އަށް އަލިމަސް ކާނިވާ ގައި އޮންނަ މުފްތީ މެންކް ގެ ދަރުސް އަޑުއަހަން ދިޔައްޔާ، ތިއަށްވުރެ މާރަނގަޅު ވާނެއެވެ.
މަ ގަނެފިން 11 ޓިކެޓް އަަހަރުން ޓީމް ކުދިންކޮޅު ރޫހާނީއާ ބައްދަލު ކުރަން
މީ ނާސިގެޔަކަށް ފައިސާ ދީގެން ވަދެ ކުރާޚަމެއް ކުރުމެކޭ އެއްގޮތް ކަމެއް. 999ރ އަށް އަންހެނަކާ ވާހަކަ ދައްކާލުން. ދެރަވަރު