ބައިސްކޯފްގެ "ޗަނާޗާ 2022"ގައި ޕާފޯމް ކުރަމަށް ރާއްޖެ އައިސް އުޅޭ އުޅޭ ސްރީ ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ޑި ސިލްވާ ރާއްޖޭގައި ޖެޓްސްކީ ދުއްވުން ތަޖުރިބާކޮށްލައިފިއެވެ.

ޔޮހާނީ އޭނާގެ ޓިކްޓޮކުގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނީ ރާއްޖޭގައި ޖެޓްސްކީ ދުއްވާ މަންޒަރެވެެ. އެ ވީޑިއޯ އާންމުކުރަމުން ކެޕްޝަންގައި އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް ފެންނަނީ ގަޔާވެ އިނދެ ޔޮހާނީ ޖެޓްސްކީ ދުއްވާ މަންޒަރެވެ.

@yohanimusic

#Maldives 2022

♬ Unholy - Sam Smith & Kim Petras

ޗަނާޗާ 2022ގައި ޕާފޯމްކުރުމަށް ރާއްޖެއައި ޔޮހާނީ އަންނަނީ ހައިޑްއަވޭ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންނެވެ.

އެ ރިސޯޓްގައި އޭނާ ހޭދަކުރަމުންދާ ވަގުތުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް މީސް މިޑިއާގައި ދަނީ އާއްމު ކުރަމުންނެވެ.

ޔޮހާނީ ވެފައި ވަނީ މިހާރު ދިވެހިންގެ ތެރޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނަކަށެވެ. "މަނިކޭ މަގޭ ހިތޭ" އިން މުޅި ދުނިޔޭގެ ބޮޑު މަގުބޫލުކަމެއް ހޯދި ޔޮހާނީ އަކީ މިހާރު ބޮލީވުޑްގެ ބައެއް ފިލްމްތަކަށްވެސް ލަވަކިޔަމުން އަންނަ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރައްޔިތުމީހާ

    މީ ކާކުތަ؟؟؟

    20
    1
    • އައްޔަ

      ސޯލިބެޔާ ތި ސުވާލުކުރޭ! އެކޮއި ބުޑުހައްލާތަނަށް ސޯލިބޭ ވަދެ އޮވޭ

      14
  2. ޖުހާ

    ޢޭަނަދެން ރާއްޖޭން މީހަކާދެވާ އެނިމުނީމިކަންވެސް

    • ބޮޑޭ އަހައްމަދު

      ކާކާ ދެވަން ތިވިސްނަނީ ؟

      • ހެހެހެ

        ރާއްގެއިން ބަންގާޅީއަކާ

      • މުބީނު މާރނީ

        ސަން ޝިޔާމް ރަނގަޅެއްނު؟

  3. މުޙައްމަދު

    މި ދެން ކާކު. ލަވައެއް ކިޔާލިކަމށްޓަކައި 7ވަނަ ޢުޑަށް. ނިކަން މުފްތީގެ ވާހަކަ ލިޔެބަލަ. މުފުތީގެ ނަސޭޙަތުގެ ވާހަކަ ގިނަގިނައިން ލިޔެބަލަ. މާބޮޑަށްވެސް ބަލައިގަނެވޭނެ.

    5
    1