ބައިސްކޯފްގެ "ޗަނާޗާ 2022"ގައި ޕާފޯމް ކުރަމަށް ރާއްޖެ އައިސް އުޅޭ އުޅޭ ސްރީ ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ޑި ސިލްވާ މާދަމާ ހއ. ދިއްދޫއަށް ދިއުމަށް ހަމަޖެހިފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ވަގުތު"އަށް ވިދާޅުވީ، ޔޮހާނީ އެރަށަށް ދިއުމަށް ހަމަޖެހިފައި ވަނީ އެރަށް ކައިރީގައި އޮންނަ ހައިޑްއަވޭ ރިސޯޓަށް ކުރާ ދަތުރެއްގެ ތެރެއިން ކައުންސިލްގެ އެދުމުގެ މަތިން ކަމަށެވެ. ޔޮހާނީ އަންނަނީ އެރަށް ބަލާލުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔޮހާނީއަށް މަރުހަބާ ކިޔުމަށް ބަނދަރަށް ދިއުމަށްވެސް ކައުންސިލުން ވަނީ ރާވާފައެވެ. ޔޮހާނީއަށް މަރުހަބާ ކިޔުމަށް ބަނދަރު ސަރަހައްދަށް ދިއުމަށް ދީފައިވާ ގަޑިއަކީ މާދަމާ މެންދުރު 15:00 އަށެވެ.

ޔޮހާނީ ހުޅުމާލޭގައި ޕާފޯމް ކުރިއިރު ނަގާފައިވާ ފޮޓޯއެއް - ފޮޓޯ ޔޮހާނީ އިންސްޓަގްރާމް

އަބްދުﷲ ރަޝީދު ވިދާޅުވީ، އާންމުންނަށްވެސް ޔޮހާނީއާއި ބައްދަލުކޮށްލާ ފޮޓޯ ނަގާލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އެކަން އޮންނާނީ މާދަމާ ހަވީރު 17:00 ގައި އެރަށުގެ ސްވިމިންގ ޓެރްކް ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އާންމުންނަށްވެސް ވާހަކަ ދައްކާލާ ފޮޓޯ ނަގާލެވޭނެ. މޫދަށް އެރޭ ސަރަހައްދުގައި އޮންނާނީ" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ޔޮހާނީ ވެފައި ވަނީ މިހާރު ދިވެހިންގެ ތެރޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނަކަށެވެ. "މަނިކޭ މަގޭ ހިތޭ" އިން މުޅި ދުނިޔޭގެ ބޮޑު މަގުބޫލުކަމެއް ހޯދި ޔޮހާނީ އަކީ މިހާރު ބޮލީވުޑްގެ ބައެއް ފިލްމްތަކަށްވެސް ލަވަކިޔަމުން އަންނަ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިބްރާހިމް

    އެއްކޮޅުން މީސްތަކުންގެ އީމާންކަން މަތިކޮށްފައި އަނެއްކޮޅުން މީސްތަކުން ވާވައްދަން މަސައްކަތްކުރާނީ ޖާހިލުންނެވެ. މި ސަރުކާރުން ކުރާ ކަންކަން ފަނަފުލުން މިދަނީ މިގޮތަށް ކަންކުރާތީ ކަމަށްވުމަކީ އެކަށީގެންވާކަމެކެވެ.

    26
    4
    • ކޮންަިތާރާ

      ޔޮހާނީ ރާއްޖެގެނައީ އަނިއްލަ ކުފުންނަކުން ސަރުކާރަކުން ނޫން

  2. Anonymous

    މީ ވެލެޒިނީގެ ޔަންގް ވަރޝަންދޯ ބިޑިބޯ

    23
    2
    • މުބީނު މާރނީ

      އަދިވެސް ވެލެޒިނީ މަތިން ތިކުދިން ހަނދާނެއް ނުނެތޭ ދޯ. އެމަންޖެ މިހާރު އުޅެނީ ސްވިޑެން ގައޭ.

  3. މީހާ

    އަހަރެމެން ވީމަ 999ރފ، ކޮންބޮއްތަރް މީ ޔޮހާނީ މީހާ

    16
    1
  4. ހާލުފޮޅި

    ދެން ދިއްދޫ މީހުން ތިބޭނެއެއްނު ތަލިން ކުޅުހިކިފަ… އަހަންނަށް ހެޔޮ އޭނަ ކޮންމެ ތަނަކަށް ދިޔަޔަސް.. މަށެއް ނުދުވާނަން

    26
    3
  5. ހާނީބާނީ

    ހޫ ދަ ހެކް އިޒް ދިސް ޕާސަން

  6. ބުރޯ

    ކައުންސިލް މެންބަރުންގެ އެއްވެސް ހައިބަތެއް ނެތްދޯ. ގައުމު ތަކުގެ ވެރިންނަށް ދޭ ޝަރަޕެއް މިދެނީ ފަންނާނަކަށް. ކައުންސިލްއަށް ކޮން މޮޅެއް މިކަމުން ވަނީ. އެއްވެސް އަގެއް ނެތް ލަދެއް ނެތް ނުކިޔަވާ މީހުން ކަންކަމަށް ހޮވީމަ ވާނީވެސް މިހެންތާ. ތިކަމެއް ނުކޮށް ރައްޔިތުންނަށް ފައިދާހުރި ކަމެއްގަ އުޅެބަލަ. އޭނަގެ އޭޖެންޓް ލައްވާ ރަށް ދައްކުވާ.