ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ މަރިޔަމް ޝިފާ އަނެއްކާވެސް ގާނޫނާއި ހިލާފު ވެއްޖެއެވެ. އޭނާ މިފަހަރު ގާނޫނާއި ހިލާފުވީ ވޭޕް އިސްތިހާރު ކޮށްގެންނެވެ.
ވޭޕް އާއި އަދި ދުންފަތުގެ އެއްވެސް އެއްޗެއް މީސް މީޑިއާގައި ވެސް އިސްތިހާރު ކުރުމަކީ ގާނޫނާއި ހިލާފު ކަމެއްކަން ހަނދާން ކޮށްދީ އެޗްޕީއޭ އިން ބަޔާނެއް ނެރުނުތާ ދެތިން ހަފްތާ ފަހުން ޝިފާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ވޭޕް އިސްތިހާރުކޮށް ގާނޫނާއި ހިލާފު އަމަލެއް ހިންގާފައެވެ.
ޝިފާގެ އިތުރުން ވެސް ވަރަށް ގިނަ ދިވެހިން މިހާރު ވޭޕާއި، އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ތަފާތު އެއްޗެހި އިސްތިހާރު ކުރަމުން ގެންދެއެވެ. އެއީ މަނާ ކަމެއްކަމަށް ބުނެ އެޗްޕީއޭ އިން ހަރުކަށި ބަޔާނެއް ނެރުނު ނަމަވެސް ދުންފަތް އިސްތިހާރު ކުރާ މީހުންނަށް އެޗްޕީއޭ އިން އެއްވެސް ފިޔަވަޅެއް ނާޅައެވެ.
ޝިފާ ވޭޕް އިސްތިހާރުކޮށް ގާނޫނާއި ހިލާފުވެފައި މިވަނީ އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރެވޭވަރަށް ހެކި ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ނިންމެވުމުން ފުލުހުން އެމައްސަލަ ފައިލް ކޮށްފައި ވަނިކޮށެވެ.
ފުލުހުން ބުނެފައި ވަނީ ޝިފާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގެ ތަހުގީގު ނިންމައި، ޕީޖީގެ މަޝްވަރާއަށް ފޮނުވުމުން، މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވޭވަރަށް ހެކި ނެތްކަމަށް ޕީޖީން ނިންމުމުން އެ މައްސަލަ ފައިލްކޮށްފައިވާކަމަށެވެ.
ޝިފާ އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައިގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށް ޕީޖީ ނިންމި ނަމަވެސް ޝިފާ އާއި އަދި އިތުރު އަންހެނަކު ޖިންސީ އަމަލެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވެފައި ވެއެވެ.
ޝިފާ އާއި އިތުރު ދިވެހި އަންހެނެއްގެ ވީޑިއޯ އާއްމުވީ މީގެ ފަސްވަރަކަށް މަސްދުވަސް ކުރިންނެވެ. އެމައްސަލައިގައި ޝިފާގެ ޕާސްޕޯޓް ވެސް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓިއެވެ. ނަމަވެސް ޝިފާ ހައްޔަރު ކޮށްފައެއް ނުވެއެވެ.
ޝިފާ ވަނީ ބައެއް ފިލްމުތައް ވެސް ކުޅެފައެވެ. އަދި ބައެއް ޓީވީ ޝޯތައް ވެސް އޭނާ ހުށަހަޅައިދީފައި ވެއެވެ.
މުޅި ޤައުމަށް ހުރި ލަދެއް. މިކަހަލަ މީހުން ޝިފާއަކަށް ވާނީ ހަމަ މިކަހަލަ މީހުންނަށް.
ތިމާކުރާ ފާހިޝްކަންތަކަށް ފިޔަވަޅު ނާޅަންޏާ އަނެއްކާވެސް މިފަދަ އެއްޗެހިންގެ ފުށުން މުޅި ޤައުމުގެ އަބުރުގެއްލި ހަޑިވާ ޒާތުގެ ކަންތަށް އަލިވެ ފެންނާނެ.
ސާބަހޭ ޝަމީމް މަނިކުފާނުގ އުންސުރު ހަމަވާކަމާމެދު ވެސް އަޅުގަނޑުމެން މިހާރު ޝައްކު.
ނޫހުގައި މިއޮތީ ނުބައިކޮށް ލިއެފައި. އެކޮއި އެއީ ފްރީ ޓާޓްލް އެއް. ބާޑެއް ނޫން އެއީކީ
އެގޮލާ އެއިީ ބާރޑް އެއްނުން. އެއީ ފްރީ ލެސްބޯ އެއް..🤣🤣
ތީގަވެސް ނެއި ހެއްކެއް
ކަމިސަނަރ އޮފް ޕޮލިސް ލާދީނީ ހަމީދު ކުރިމަތީ މި މަންޖޭ ޒިނޭ ކުރިޔަސް ފުލުހުން ނަން ހެކި ނުފެންނާނެ ، ރަނގަޅު ބޮނޑި އެއް ބޮއިގެން މައިތިރި ވާނެ މަންޖޭ އެއް މިއީ
ކަލޯ އެވަރުން ޒިނޭ ސާބިތެއް ނުވާނެ، ހޭބަލި ނުވޭ
ސާބަހޭ، މީވާ ގައުމެއް..
މިމަންޖެއާ ޖައްސާލައިގެން ދެން ކޮންކަމެއް. އެމީހަކު ކުރިކަމެއް އޮންނާނީ އެމީހަކަށް.
ސިފާ ޔާ ނުބެހެ އޭނާ ދޫކޮއްލާ އެއީ ރާއްޖޭގަހުރި ހަމައެކަނި ފިނިފެންމާ ދޮން ދީދީ
މިމީހުން ކުރާކަންކަން ބަލާ މިމީހުން އިސްތިހާރުކުރަންވެސް ނޫސްތަކުން ފޯރިއެއްހުރެއޭ ، އެކަމަކު ދެރަ ކަމަކީ މާދަމާވެސް ނޫސްތަކުގައި ޖަހާފާނެ މީނައަކީ ފާހިސްއަމަލުހިންގާ މީހެކޭ ހަޑިހުތުރުކޮށް އުޅޭމީހެކޭ މީނަ ހައްޔަރު ކުރަންޖެހޭ ނޫންހޭ ، ދެން މިވަރުމީހުންގެ ފަސްފަހަތުން ނުދުވަމަންވީނު