ޖަންގަލީގައި، ޖަނަވާރުތަކުގެ ފޮޓޯ ނެގުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިއީ އުނދަގޫ އަދި ބުރަ މަސައްކަތަކަށްވާއިރު، މިއީ، އެކަމަށްޓަކައި އެތައް ވަގުތެއްވެސް ހޭދަކުރަން ޖެހޭ ކަމެކެވެ. އެހެންނަމަވެސް، މިކަން ރަނގަޅަށް ކުރެއްވިއްޖެކަމުގައިވާނަމަ، އެކަމުގެ ނަތީޖާވެސް އެހާމެ ފޮނި ވާނެއެވެ.

އެގޮތުން، މިއީވެސް އެފަދަ ފޮޓޯގްރާފަރެއްގެ ވަރުގަދަ މަސައްކަތްތަކެކެވެ. ޒަރާފާއެއްގެ، ކުރިން ނުފެންނަ ފޮޓޯތަކެއް ނެގުނީ، އެތައް މަސައްކަތަކުން، އެތައް ވަގުތެއް ހޭދަކޮށްގެންނެވެ. ހަމައެހެންމެ، އެތައް ކަމެއް، ރަނގަޅަށް ބަލައިގެންނެވެ.

އަންޖާ ޑެންކާ ނަމަކަށް ކިޔާ އަންހެނަކު މި ފޮޓޯތައް ނަގާފައިވާއިރު، މިއީ އެފްރިކާގައި އޮންނަ އެފްރިކަން ސަވަންނާ އިން ނަގާފައިވާ ފޮޓޯތަކެއްކަމަށް، ފޮޓޯގްރާފަރު އަންޖާ ބުނެފައިވެއެވެ.

އަންޖާ ނަގާފައިވާ ތަފާތު ފޮޓޯތަކުން ފެންނަނީ ޒަރާފާތަކެއް ތަޅާ ފޮޅާ މަންޒަރެވެ. އެހެންނަމަވެސް، މިއީ އާއްމުކޮށް އެސޮރުމެން ތަޅާ ފޮޅާ ގޮތް ނޫންކަމަށްވެސް ކުޅަދާނަ އަންޖާ ބުނެފައިވެއެވެ. އޭނާ ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެއް ޒަރާފާ، އަނެއް ޒަރާފާގެ ކަރަށް ފައި އެއްލައިގެންވެސް އުޅެއެވެ.

ތަންކޮޅެއް ދުރުގައި އޮތް ފެންގަނޑެއްގެ ކައިރީގައި ތިބެގެން، އަންޖާ އަދި އޭނާގެ ޓީމުގެ މެންބަރުން، މި މަންޒަރު ބަލަން ތިބީ ހައިރާންވެފައިކަމަށް އޭނާ ބުނެފައިވެއެވެ. އަދި، އެސަރަޙައްދުގައި އެހެން ބައެއް ޖަނަވާރުވެސް އެމަންޒަރު ބަލަން ތިބިކަމަށާއި އެސޮރުމެންވެސް ތިބީ ހައިރާންވެފައިކަމަށް، އަންޖާ ބުނެފައިވެއެވެ.

އެއް ޒަރާފާ، އަނެއް ޒަރާފާގެ ކޮނޑަށް ފައި އެއްލުމުގެ އިތުރުން، އެހެން ކަންކަންވެސް، އެސޮރުމެން ކޮށްފައިވާކަމަށްވެއެވެ. އަދި، އެހުރިހާ ކަމެއްވެސް ކޮށްފައިވަނީ، ކޮންމެވެސް ސަބަބަކާ ގުޅިގެން، ރުޅި އައިސްގެންކަމަށްވެސް ބުނެފައިވެއެވެ.

ކޮންމެއަކަަސް، އަންޖާގެ އިތުރުން އެހެން ބައެއް މީހުންވެސް، އަންޖާގެ މި ފޮޓޯތައް ފެނި ވަނީ ހައިރާންވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮއްބެ

    ލޯބީގެ ޙަރަކާތެއް ތޯއްޗެ....!!!