ބަލާބެލުމަށް އެއްވެސް ތަފާތެއް ނުހުންނަ އެއްމާބަނޑު ދެބެއިން (ނިބޫ ދެބެއިން) ހަމަ އެފަދަ އެއްވެސް ތަފާތެއް ނެތް ނިބޫ ދެބެއިންނާއި ކައިވެނި ކޮށްފިއެވެ.

ބްރިޓްނީ އާއި ބްރިއާނާ އަކީ އަބަދުވެސް ނިބޫ ދެބެއިންނާއި ކައިވެނި ކުރަން ބޭނުންވި ދެބެއިންނެވެ. ކަންތައް މިވީ ވެސް އެހެންނެވެ. އެދެބެއިން ކައިވެނި ކޮށްފައި މިވަނީ ޖޯޝް އާއި ޖެރެމީ ނަމަކަށް ކިޔާ ނިބޫ ދެބެއިންނާއި އެވެ.

އެމެރިކާ އަށް ނިސްބަތްވާ މިމީހުންގެ ކައިވެނީގެ ހަފްލާ ބޭއްވީ އެމެރިކާގެ އޮހާއޯގެ ޓްވިންސްބާގްގައެވެ.

"މިއީ ފެއަރީ ޓޭލް އެއް ހަޤީޤަތަކަށް ވުން. ނިބޫ ދެމީހުންނާއި ކައިވެނި ކުރުން އެއީ އަހަރެމެން ދެމީހުން ލިބުނު ވަރަށް ހާއްސަ އުފަލެއް. އެއީ ވަރަށް ކުޑައިރުއްސުރެ އަހަރެމެން ހާސިލް ކުރަން ބޭނުންވި ކަމެއް." ބްރިއާނާ ބުންޏެވެ.

ބްރިޓްނީ ބުނީ ނިބޫ ދެބެއިންނާއި ކައިވެނި ކުރަން ކުޑައިރުއްސުރެ ބޭނުންވި ނަމަވެސް އެފަދަ ރަނގަޅު އެއްވައްތަރު ދެމީހުން ނުލިބިދާނެ ކަމުގެ ކަންބޮޑުވުން އަބަދުވެސް އެމީހުންގެ ހިތުގައި އޮތް ކަމަށެވެ.

"ހުރިހާ ކަމެއް ވެސް ނިމިގެން މިދިޔައީ އަހަރެމެންނަށް ހުވަފެނެއް ހެން. އަހަރެމެން ހިޔެއް ނުކުރަން އަހަރެމެން ދެމީހުން ބޭނުންވާ ސިފަތައް ފުރިހަމައަށް ހުރި މިފަދަ ދެމީހުން އަހަރެމެންގެ ހަޔާތައް އައިސްދާނެ ކަމަކަށް. މިއީ އާދަޔާއި ހިލާފު އުފަލެއް." ބްރިޓްނީ ބުންޏެވެ.

ބްރިޓްނީ އާއި ބްރިއާނާ ބުނީ އެމީހުން ކައިވެނި ކުރުމުގައި ބެލި ހަމައެކަނި ޝަރުތަކީ ނިބޫ ދެބެއިންނަށް ވުން ނޫންކަމަށާއި އެމީހުންގެ ފިރިންނަކީ އެމީހުންނަށް އަޅާލާ އޯގާތެރި ބަޔަަކަށް ވާނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް ހޯދާފައި ވާނެ ކަމަށެވެ.

ނިބޫ ހަތަރު މީހުންގެ ކައިވެނި ފޮޓޯތައް މީސް މީޑިއާގައި އާންމު ކުރުމުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން އެފޮޓޯތަކަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމަ

    ނިބުލެއްނޫން ކިނބޫ

  2. ނިބޫ

    މަޖާވާނެ ދޯ

  3. ނިބޫ

    ދެމީހުން ޕާޓްނާސް ސްވިޗް ކޮށްލިޔަސް ނޭނގޭނެދޯ.. ލޮލް

  4. އެޑްވާންޓޭޖު

    ދެން އެމީހުން ބޭނުމިއްޔާ ޗީޓުވެސް ކުރެވޭނުން

  5. ޖޮއްބެ

    އެއް ގެއެއްގައި ނުއުޅޭތި އޮޅުން އަރާފާނެ.