އުމުރުން 14 އަހަރުގެ ކުއްޖަކު އޭނާގެ އަވަށުގައި އުޅޭ ހަތަރު އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފިއެވެ.
އެ މައްސަލަ މިހާރު ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އަދި ކުއްޖާގެ މައްޗަށް ދައުވާ އުފުލުމަށްވެސް ނިންމާފައިވާއިރު، އެ ކުއްޖާ މިހާރު ވަނީ ގޭ ބަންދަށް ދޫކޮށްލާފައެވެ.
މި 14 އަހަރުގެ ކުއްޖާ އެ ހަތަރު އަހަރުގެ ކުއްޖާ ރޭޕްކޮށްފައި ވަނީ އެ އަންހެން ކުއްޖާގެ އާއިލާ މީހުންނާއި، އޭނާގެ އާއިލާ މީހުން މަސައްކަތު ގޮސް އުޅެނިކޮށެވެ. އެ ފިރިހެން ކުއްޖާ އޭނާ ހައްދާލާފައި ވަނީ އޭނާއަށް ޓޮފީ ދީގެންނެވެ.
އެ ހަތަރު އަހަރުގެ ކުއްޖާ ރޭޕްކޮށްފައިވާކަން އެނގުނީ އެ ކުއްޖާ ގެއަށް އައިސް ބަނޑުގައި އާއި ޖިންސީ ގުނަވަނުގައި ރިއްސާކަމަށް ބުނެ މައިންބަފައިން ކައިރީ ބުނުމުންނެވެ.
އެ އަންހެން ކުއްޖާގެ އާއިލާއިން ވަގުތުން އެ ކުއްޖާ ހޮސްޕިޓަލަށްގެންގޮސް އެ ކުއްޖާގެ އެތަނުގައި ރިއްސަނީ ކީއްވެތޯ ބެލިއެވެ. ޑޮކްޓަރުން ވަނީ އެ ކުއްޖާ ރޭޕްކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.
އެ މައްސަލަ ފެންމަތިވިތާ މާގިނަ އިރުތަކެއް ނުވަނީސް އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އަދި މިހާރު ވަނީ ގޭބަންދަށް އެ ކުއްޖާ ދޫކޮށްލާފައެވެ.
މި ހާދިސާ ހިނގާފައި ވަނީ އިންޑިއާ ނޮއިޑާ ސިޓީގައެވެ.
ޕީޕަލްސް ރެޕަބު ލިކު އޮފް ރެޕް އިންޑިއަން ރެޕިސްތާން.
މީ ރާއްޖޭގަވެސް ވާ ކަންތައް. ބަޔަކު ޤަބޫލު ކުރިއްޔާތާ. ދައްކާމީހާ ގޯސްވާނީ.
މިޚަބަރު ކިޔަން ފެށިއިރުވެސް ހިތަށް އެރި ވަންއެން އޮންލީ އިންޑިޔާ ލާފަނުދާނެއޭ. ޚަބަރު ނިމުނުއިރު ޔަގީން ވެއްޖެ އެބައިގަނޑުކަން.
ކީއްވެތަ މި ބައިގަނޑު ބޮލަށް އަރާފަ ހުންނަނީ؟؟!! މަ ހައިރާން ވެއްޖެ!!