މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް އޭނާގެ ހާޔަތާ ގުޅޭ ގޮތުން ފޮތެއް ނެރެން ތައްޔާރުވަމުން ދަނިކޮށް އޭނާގެ ބައްޕަ ޖެމީ ސްޕިއާސް ވެސް ފޮތެއް ނެރެން ނިންމައިފިއެވެ.

ނަފްސާނީ މައްސަލަތަކަކާއި ގުޅިގެން ކޯޓުގެ އަމުރާ އެއްގޮތަށް ބްރިޓްނީ ފާއިތުވި 12 އަހަރު އުޅުނީ ސީދާ އޭނާގެ ބައްޕަ ބެލުމުގެ ދަށުގައެވެ. އެ ދުވަސްތަކުގައި ބްރިޓްނީގެ ހުރިހާ ހަރަދުތަކާއި ދިރުއުޅުމުގެ އަމިއްލަ ކަންކަންވެސް ހިނގަމުން ދިޔައީ ސީދާ ބައްޕަގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް މިދިޔަ އަހަރު ނޮވެމްބަރު މަހު ކޯޓުން ވަނީ ބްރިޓްނީ އޭނާގެ ބައްޕަގެ ސިދާ ބެލުމުގެ ދަށުން ހުރި ހުރުން ނިމުމަކަށް ގެނެސްފަ އެވެ

ބްރިޓްނީ މިނިވަން ވުމަށް ފަހު މަޝްހޫރު ޕަބްލިޝާ ސިމޯން އެންޑް ޝަސްޓާއާއެކު ބްރިޓްނީ ވަނީ 15 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ފޮތެއް ނެރެން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ފޮތުގައި އޭނާގެ ބައްޕައާ ދެމެދު ގޯސްވެފައި ގުޅުމާ ގުޅޭ ގޮތުން މުހިންމު ވާހަކަތަކެއް ހިމެނޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން ނެވެ.

އެ ފޮތް ނެރަން ތައްޔާރުވަމުން ދަނިކޮށް ބްރިޓްނީގެ ބައްޕަވެސް މިހާރު ވަނީ އޭނާގެ ދިފާއުގައި ފޮތެއް ނެރުމަށް ތައްޔާރުވަމުންނެވެ. އަދި އެ ފޮތް ލިޔަނީ ބްރިޓްނީގެ ކުރީގެ ފިރިމީހާ ކެވިން ފެޑާލައިންއާ ގުޅިގެންނެވެ.

ކެވިންއާ ބްރިޓްނީއަށް ދެ ކުދިން ލިބުނު އިރު ބްރިޓްނީ ބައްޕަގެ ބެލުމުގެ ދަށަށް ބަދަލުކުރި ފަހުން ދަރިން ބަލަމުން ދިޔައީ ކެވިން އަދި ބްރިޓްނީގެ ބައްޕަ އެެވެ.

ބްރިޓްނީއާ ބައްޕަ ގުޅުން ގޯސް އިރު ބްރިޓްނީގެ ބައްޕަ މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭނާގެ ބެލުމުގެ ދަށުގައި ބްރިޓްނީ ގެންގުޅުނީ ބްރިޓްނީގެ އަމިއްލަ ސަލާމަތަށް ޓަކައެވެެ. އަދި އޭގެ ސަބަބުން ބްރިޓްނީގެ ފުރާނަ ސަލާމަތް ކުރެވުނު ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާތިމަތު ޒަޔަން

    ބްރިޓްނީއާ ދެކޮޅަށް އޭނާގެ ބައްޕަ ފޮތެއް ނެރެނީ.
    ބައްޕަ ގޮވައިގެން ކައިޒީން ކޯޓަށް.
    ސެލެބްރިޓީން vs ބައްޕައިން ސީޒަން ސްޓާރޓެޑް.

    9
    1