ބޮލީވުޑްގެ ސުޕަ ސްޓާ ސަލްމާން ހާން ދަރިން ބޭނުން ކަމަށާއި ނަމަވެސް އެ ކުދިންނަށް މަންމައަކު ބޭނުން ނުވާ ކަމަށް އޭނާ ބުނެފިއެެވެ.

ސަލްމާން ހާންއަށް މިދިޔަ ހަފްތާގައި ވަނީ 57 އަހަރު ފުރިފައެވެ. ނަމަވެސް އަދިވެސް ކައިވެންޏެއް ނުކޮށް ދަރިން ވެސް ނުހުންނާތީ އެކަމާ ގުޅޭ ގޮތުން ގިނަ ބަޔަކު އަބަދުވެސް ސުވާލު ކުރެއެވެ.

ސަލްމާން ބުނީ އޭނާ ދަރިން ބޭނުންވާ ކަމަށާއި ނަމަވެސް މައްސަލައަކީ ދަރިންނާއެކު އެ ކުދިންގެ މަންމަވެސް ހުންނަން ޖެހޭތީ ކަމަށެވެ.

ކުދީންނަށް މަންމައަށް ބޭނުން ވިޔަސް އޭނާ އެގޮތަށް މީހަކު ބޭނުން ނުވާ ކަމަށް ސަލްމާން ބުނެއެވެ.

ސަލްމާންގެ ދަރިޔަކު ނެތް ނަމަވެސް އޭނާ އަކީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ މީހެކެވެ. އޭނާގެ އަންހެން ކޮއްކޮ އަރުޕިތާ ހާންގެ ދެ ކުދިން ކަމަށްވާ އާހިލްއާއި އަޔާތުގެ ދެ ދަރިންނާ އެކު ވެސް ސަލްމާން ވަރަށް ލޯބިން އުޅޭތަން ފެނެއެވެ.

ބޮލީވުޑްގައި ކައިވެނި ނުކޮށް ތިބޭ ފިރިހެނުން ސަރަގޯސީ މެދުވެރިކޮށް ވެސް ވަނީ ދަރިން ހޯދައިފައެވެ. އޭގެ ތެރޭގައި މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު އަދި އެކްޓަރު ތިޝާރު ކަޕޫރު ހިމެނެއެވެ.

ނަމަވެސް ސަލްމާން ބުނީ ސަރަގޯސީ ހެދުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.

ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ސަލްމާން ހާން ވަނީ ވަރަށް ގިނަ އަންހެން ކުދިންނާ ރައްޓެހިވެގެން އުޅެފައެވެ. އޭގެ ތެރޭގައި މަޝްހޫރު އެކްޓްރެސް އައިޝްވާރިޔާ ރާއީ އާއި ކެޓްރީނާ ކައިފް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސިލީމޭން

    ހޫނ. ދެން ފިރިހެނަކާ އިނދެގެން އެހެންމީހުންގެ ދަރިން އެޑޮޕްޓު ކުރޭ. އޭރުން ތިޔަ ބޭނުންވާ ކަންތައް އެވީ.

    15
    3
  2. އަލްޖިބްރާ

    ކަލޭވެސް މަގެއްގެމަތިން ކުޑަކުއްޖަކު ހޮވައިގެން ގެނެސް މީމަގޭ ދަރިއެކޭ ގޮވަމުން ދުވަންވީނު ! މިއީވެސް މުސްލިމެއްގެ ނަމުގައި ހުރި ބޮޑު މުނާފިޤެއް !

    7
    4
  3. ކޭ

    މީނައަކީ ހަމަ ރަނގަޅަށްވެސް އަންހެނުނަށް ގޮތްހެދި މިސޯޖިނިސްޓެއްކަން މިދަނީ ފާޅުވަމުން

    7
    2
  4. ހުސޭނުބޭ

    އަމަލްގިރީގެ އާޝިގާތަ މިއީ

    7
    3