ރާހުލް އާއި އާތިޔާ ޝެޓީ ކައިވެނި ކުރަނީ ސުނިލް ޝެޓީގެ ގޭގައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

އިންޑިއާގެ ނޫހެއްގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ރާހުލް އާއި އާތިޔާ މި މަހުގެ ތެރޭގައި ކައިވެނި ކުރުމަށް ނިންމާފައިވާއިރު އެ ދެ ތަރިން ކައިވެނި ކުރާނީ ސުނިލް ޝެޓީގެ ކަންޑާލާ ބަގޮލޯގައެވެ.

އެ ބަގޮލޯއަކީ ތަނަވަސް އަދި ވަރަށް ރީތި ހިސާބެއްގައި ހުންނަ ތަނެއް ކަމަށް ވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

އެ ދެ ތަރިންގެ ކައިވެންޏައް ބޮލީވުޑްގެ މަޝްހޫރުތަރިންނާއި ކްރިކެޓަރަކުން ދާނެ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ކައިވެންޏަށް ފަހު އާތިޔާ އާއި ރާހުލް ދިރިއުޅުން ބަދަލުކުރާނީ މުމްބާއީގެ ޕްލަސް ޕާލީގައި ހުންނަ ސަންދު ޕެލަސް ނަމަކަށް ކިޔާ އިމާރާތަކަށެވެ. އެ އިމާރާތުގެ ފިނިޝިންގ މަސައްކަތް އަދިވެސް މުޅިން ނުނިމޭ ކަމަށް ވެއެވެ.

މި ދެ ފަންނާނުން ރައްޓެހިވެގެން އުޅޭތާ ތިން އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާއިރު، އެ ދެމީހުންގެ ގުޅުން ރަސްމީކޮށް ހާމަކުރީ އަހަން ޝެޓީގެ ފުރަތަމަ ފިލްމު "ތާޑާޕް" ޕްރިމިއަރ ކުރި ފަހުންނެވެ.

ސުނީލް ޝެޓީ އޭނާގެ ދަނބިދަރިއަށް ވާންއުޅޭ ކުއްޖާއާއި އެކު އާއިލީ ފޮޓޯތަކުންވެސް މިހާރު ފެނެއެވެ. އާތިޔާ މިހާރު ރާހުލް އާއެކު އޭނާގެ ބައިނަލްއަގުވާމީ ގިނަ ރަސްމީ ދަތުރުތަކުގައި ދެއެވެ. މި ދެތަރިންގެ ކައިވެންޏަކީވެސް ގިނަބައެއްގެ ސަމާލުކަން ލިބޭނެ ކައިވެންޏެއްކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު