އިންޑިއާގެ ލަކްނޯގެ "އަނޯކާ" ނަމަކަށް ކިޔާ މޯލްއަކުން ފަޤީރުންނަށް ވޫލް ފޮތީގެ ހެދުމާއި އެހެނިހެން ހެދުން އަޅާ ސާމާނު ހިލޭ ބަހާ ހަދައެވެ.

މި އެހީގެ ސަބަބުން ބުރަ މަސައްކަތްކުރަމުންދާ ފަޤީރުންނަށް ފިނި މޫސުމުގެ ފިނިން ރައްކާތެރިކަން ލިބިގެންދާނެއެވެެ. މި މޯލްއަށް ހެޔޮ އެދޭ ފަރާތްތަކުން ވޫލް ފޮތީގެ ސާމާނުތައް ހަދިޔާކުރީމާ، މޯލްގެ ވެރި ފަރާތްތައް މި ސާމާނުތައް ބޭނުންވާ ފަރާތްތަކަށް ޑިސްޕްލޭކޮށްފައި ބަހައްޓައެވެ. އިންޑިއާގެ ނޫހެއްގައި މިކަމާއި ބެހޭގޮތުން ރިޕޯޓްކޮށްފައިވާ ގޮތުން ނަމަ އެމީހުން އެ މަސައްކަތް ކުރަމުންދާތާ މިހާރު 5 އަހަރު ވެދާނެއެވެ.

މި މޯލްގެ ވެރިފަރާތް ކަމަށްވާ އުމުރުން 48 އަހަރުގެ ޑރ. އަޙްމަދު ރަޒާ ޚާން ބުނީ އެހެން މޯލްތަކުން ސާމާން ފަޤީރުންނަށް ހަދިޔާ ކުރާއިރުގައި އެމީހުން ބޭނުން އެއްޗެއް ނެގުމުގެ އިޚްތިޔާރު އެމީހަކަށް ލިބިގެނެއް ނުވެއެވެ. އެހެން ނަމަވެސް، "އަނޯކާ" މޯލްއަށް އަންނަ ކޮންމެ މީހަކަށްވެސް މި ވޫލް ފޮތީގެ ހެދުންތަކުގެ ތެރެއިން އެމީހަކު ބޭނުން އެއްޗެއް އިޚްތިޔާރުކުރެވޭނެއެވެ. އަދި އެކަމުގައި މި މޯލްއިން އެމީހުން އަތުން ބަދަލުގައި ދެއްކުންތެރިކަމަށްޓަކައި އެއްވެސް ފޮޓޯ ނެގުން ފަދަ ކަމަކަށް ނޭދެއެވެ.

އަދި މި ފަރާތްތަކުގެ ރެކޯޑްއެއްވެސް ބަލާ ހަދާ ކަމަށް އޭނާ ބުންޏެވެ. "މިހެން ކަންތައް ނުކުރަންޏާ މި މަސައްކަތުގެ ނާޖާއިޒު ފައިދާ ވަގުން ނަގާ އެހެން ބާޒާރުތަކުގައި ވިއްކަން ފަށާފާނެ. މީގެ ކުރިންވެސް ބައެއް މީހުން އެހެން ކަންތައްކޮށްފައި އެބަހުރި"

މި މޯލްއިން ހެދުމުގެ އިތުރުން ސްކޫލް ޔުނީފޯމް، ފައިވާން، ރަޖާ އަދި ބެޑްޝީޓް ފަަދަ ސާމާނުތައްވެސް ފަޤީރުންނަށްޓަކައި ބަހައްޓާފައި ހުރެއެެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ގިނައިން މި މޯލްއަށް އެއްޗެހި ހަދިޔާ ކުރަނީ ޑޮކްޓަރުން ކަމަށެވެ. އެހެން ވިޔަސް، މި މަސައްކަތުގައި އެހީވާނެ ފަރާތްތައް ހޯދަން ދަތިކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ކިޔުންތެރިންގެ ހިޔާލު