ފަހަކަށް އައިސް ހުޅަނގުގެ ގައުމުތަކުގައި ކޮންމެ މީހަކަށް ވެސް އެމީހަކީ ކޮން ޖިންސެއްގެ މީހަކުކަން ކަނޑައެޅުމުގެ އިހްތިޔާރު ދިނުމުން ތަފާތު ގިނަ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. މިއީ ވެސް އެފަދަ މައްސަލައެކެވެ.

އިނގިރޭސިވިލާތުގެ ކޯޓަކުން ވަނީ ދެއަންހެނަކު ރޭޕް ކުރި މައްސަލައެއްގައި ފިރިހެނެއްގެ މައްޗަށް ހުކުމް އިއްވާފައެވެ. މައްސަލަ ފުލުހުންނަށް ހުށަހެޅުނުއިރު ކުށުގެ ތުހުމަތު ކުރެވުނު މީހަކީ ފިރިހެނެކެވެ. ގްރަހަމް ނަމަކަށް ކިޔާ އެމީހާގެ މައްސަލަ ތަހްގީގުކޮށް މައްސަލައިގެ ހުކުމާއި ހަމައަށް އައިއިރު ގްރަހަމް ވަނީ އަންހެނަކަށް ބަދަލު ވެފައެވެ.

މިހާރު ގްރަހަމް ބުނާ ގޮތުން އޭނާ އަކީ އަންހެނެކެވެ. މިހާރު އޭނާގެ ނަމަކީ ވެސް އިސްލާ ބްރީސަން އެވެ. އިސްލާގެ މައްޗަށް ކުށް ސާބިތުވާކަމަށް މިހާރު ނިންމުމަށްފަހު ޖަލުގެ ހުކުމް އިއްވާނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް އެހައި ދުވަހަށް ވެސް އޭނާ ޖަލުގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

އިސްލާގެ ނަން މިހާރު ބޭނުން ކުރާ ގްރަހަމް ކޯޓުގައި ބުނި ގޮތުގައި އުމުރުން ހަތަރު އަހަރުން ފެށިގެން އޭނާ އަކީ އަންހެނެކެވެ. ނަމަވެސް އޭނާގެ ވާހަކަތައް ކޯޓުން ބަލައިގެންފައެއް ނުވެއެވެ. މިހާރު އޭނާގެ އުމުރަކީ 31 އަހަރެވެ.

އިނގިރޭސިވިލާތުގެ ޕްރިޒަން ސާވިސް އިން ބުނީ ގްރަހަމް ބަހައްޓާނީ އަންހެނުންގެ ޖަލެއްގައި ކަމަށާއި ނަމަވެސް އޭނާ ބެލެހެއްޓުމަށް އިތުރު އިސްކަމެއް ދޭނެ ކަމަށެވެ.

ގްރަހަމް އަންހެނުންގެ ޖަލެއްގައި ބަންދުކުރަން ނިންމުމުން އިނގިރޭސިވިލާތުގެ ވަރަށް ގިނަ ބަޔަކު ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ޖަލުގައި ތިބި އަންހެނުންގެ ރައްކާތެރިކަމާއި މެދު މިހާރު ސުވާލު އުފެދެއެވެ.

ކިޔުންތެރިންގެ ހިޔާލު