މިއީ މީސް މީޑިއާގެ ޒަމާނެވެ. ހުރިހާ ކަމެއް މީސް މީޑިއާގެ ތެރެއިން ކުރަމުން އަންނަ ޒަމާނެވެ. އެހެންކަމުން ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް މީސް މީޑިއާގެ ނުފޫޒު ގަދައެވެ. މިދިޔަ ހަފްތާގައި ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދީ ބައެއް މީހުން ސްނެޕްޗެޓް ފިލްޓަރުން މީހުން ފެންނަ ގޮތައް ޕްލާސްޓިކް ސާޖަރީ ހަދައިގެން ބަދަލު ވާން މަސައްކަތް ކުރާ ވާހަކައެވެ. ނަމަވެސް މިފަހަރު މިއޮތީ ޕްލާސްޓިކް ސާޖަރީއެއްގެ ވާހަކައެއް ނޫނެވެ. މިފަހަރު މިއޮތީ މޭކަޕެއްގެ ވާހަކައެވެ.

އިންސްޓަގްރާމްގެ ޕޯސްޓަކުން ސްކްރީން ޝޮޓެއް ނެގުމަށް ފަހު ފޮޓޯ މޫނުގައި ހިއްޕާލާފައި ހުންނަހެން ހީވާ ގޮތައް މޭކަޕް ކުރުން މިވަނީ ޓްރެންޑަކަށް ވެފައެވެ. މޭކަޕް އާޓިސްޓުން މިހާރު ގެންދަނީ އެކަކަށްވުރެ މޮޅަށް އަނެކަކު މިގޮތައް މޭކަޕްތައް ކުރަމުންނެވެ. އެކަކު އަނެކަކާއި ކުރާ ޗެލެންޖެއްގެ ގޮތުގައި ވެސް މިގޮތައް މޭކަޕް ކުރުން ވަނީ އިތުރުވެފައެވެ.

ވަރަށް ގިނަ މީހުންނަށް މިހާރު މިމޭކަޕްތައް ރީތިވެގެން ދަނީ އެވާހަކަ ވެސް ދައްކަމުންނެވެ.

https://www.instagram.com/p/Bl9ANY3jiKc/?utm_source=ig_embed&utm_campaign=embed_loading_state_control

https://www.instagram.com/p/BlavyGhAJ1M/?utm_source=ig_embed&utm_campaign=embed_loading_state_control

https://www.instagram.com/p/BmOdgXXFYTY/?utm_source=ig_embed&utm_campaign=embed_loading_state_control

https://www.instagram.com/p/BmHdHVnAG7b/?utm_source=ig_embed&utm_campaign=embed_loading_state_control

https://www.instagram.com/p/BmQ6z2lnqCb/?utm_source=ig_embed&utm_campaign=embed_loading_state_control

https://www.instagram.com/p/BmQz8eKhwCO/?utm_source=ig_embed&utm_campaign=embed_loading_state_control

https://www.instagram.com/p/BmQwWacHWnv/?utm_source=ig_embed&utm_campaign=embed_loading_state_control

ރާއްޖޭގެ މޭކަޕް އާޓިސްޓުންގެ މިފަދަ މޭކަޕްތަކެއް އަދި ނުފެނު ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ތިބި ކުޅަދާނެ މޭކަޕް އާޓިސްޓުން ވެސް މިމޭކަޕް ޓްރެންޑަށް ފޮލޯ ކުރާ މަންޒަރު ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ެެއެކަން

    ދިވެހިން ތިކަން އަވަހަށް ކުރަން ފަށަންވީ..