ހަގީގީ ލޯތްބާއި ޖެހުމުން ދެން އެދެމެދަށް ހުރަސް އެޅޭނެ އެއްވެސް އެއްޗެއް ނޯވެއެވެ. އަމުރުން އުމުރަކީ ހަގީގީ ލޯތްބެއްގައި އެއްވެސް ވަރަކަށް ބެލުން އޮންނަން އެއްޗެއް ކަމަކަށް ނުވެއެވެ. މިއީ ވެސް އެފަދަ މިސާލެކެވެ. އެމެރިކާގެ މިސިސިޕީއަށް ނިސްބަތްވާ މިދެމަފިރިންގެ ތެރެއިން ފިރިމީހާގެ އުމުރުން 85 އަހަރެވެ. އަނބިމީހާގެ އުމުރުން 24 އަހަރެވެ.

މިރަކަލް ޕޯގް ނަމަކަށް ކިޔާ އަނބިމީހާ ބުނާ ގޮތުގައި އޭނާގެ ފިރިމީހާ ޗާލްސް އާއި ފުުރަތަމަ ބައްދަލުވީ 2019 ވަނަ އަހަރު އެވެ. އޭރު ޕޯގް މަސައްކަތް ކުރަމުން ގެންދިޔައީ ލޯންޑްރީއެއްގައެވެ. އެތަނުން އުފެދުނު ގުޅުން ރަހުމަތްތެރިކަމަށް ބަދަލުވެ، އަދި އޭގެ ފަހުން ކައިވެނި ކުރީއެވެ.

ޕޯގްގެ މުނިކާފައަށްވުރެ ވެސް ފިލިޕް އުމުރުން ދޮއްޓެވެ. ނަމަވެސް ޕޯގް ބުނާ ގޮތުގައި އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ފިލިޕް ކުރިން ކައިވެންޏެއް ކޮށްފައި ވީނަމަވެސް އަދި މިހާތަނަށް ދަރިއަކު ލިބިފައެއް ނުވެއެވެ. ޕޯގް އާއި ފިލިޕް މިހާރު މަސައްކަތް ކުރަމުން ދަނީ އައިވީއެފް ހަދައިގެން ދަރިއަކު ހޯދުމަށެވެ.

ޕޯގް ބުނާ ގޮތުގައި އޭނާގެ މައިންބަފައިން އޭނާ އާއި ފިލިޕްގެ ކައިވެންޏަށް ވަރަށް ގަބޫލެވެ. މަންމަ އާއި ބައްޕަގެ އެހީތެރިކަން ފުރިހަމައަށް ލިބެމުން އަންނަ ކަމަށާއި އެމީހުން ތިބީ އެމީހުންނަށް މާމަ އާއި ކާފަ ކިޔާނެ ދަރިއަކު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށް ޕޯގް ބުންޏެވެ.

އުމުރުގައި 61 އަހަރުގެ ތަފާތު ހުރި ދެމަފިރިން ދަރިއަކު ހޯދަން މަސައްކަތް ކުރަމުން ގެންދާ ވާހަކަ ނޫސްތަކުގައި ޖެހުމުން ބައެއް މީހުން ވަނީ އެކަމަށް ފާޑުކިޔާފައެވެ.

ބައެއް މީހުން ބުނި ގޮތުގައި ޕޯގް މަސައްކަތް ކުރަމުން ދަނީ ޗާލްސް އަކީ ފައިސާ ވެރިޔަކަށް ވާތީ ފައިސާތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށް ވެދާނެއެވެ. ނަމަވެސް ޕޯގް އާއި ޗާލްސް ވެސް ބުނި ގޮތުގައި ޕެންޝަނުން ލިބޭ މަދު ފައިސާކޮޅު ފިޔަވައި އިތުރު އާމްދަނީއެއް ވެސް ލިބޭނެ ގޮތެއް ޗާލްސްއަކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު