ޗިލީގެ ފިރިހެން ކުއްޖަކު އުފަން ދުވަސް ފާހަގަ ކުރުމަށް ކޭކެއް ފަޅަން ވެގެން ކޭކްގައި ޖަހާފައި ހުރި އުއްބަތި ނިއްވާލުމުގެ ބަދަލުގައި ފުރަތަމަ ވެސް ކޭކް ކާލަން އުޅުމުން ބޮލުގައި އަލިފާން ރޯވެއްޖެއެވެ.

ހައެއްކަ އަހަރުގެ ފިރިހެން ކުއްޖާގެ އުފަން ދުވަސް ފާހަގަ ކުރަން އާއިލާ މެންބަރުން ގޭގައި ބޭއްވި ޕާޓީގައި އަޅާފައި ހުރި ކޭކް ފެޅުމުގެ ބަދަލުގައި އޭނާ ފުރަތަމަ ވެސް ބޭނުންވީ ކޭކް ކާލާށެވެ. އެހެންކަމުން ކޭކްގައި ހުރި އުއްބައްތި އަށް މާބޮޑު ސަމާލުކަމެއް ނުދީ ކޭކްގެ އަރިމަތީގައި އޭނާ ދަތް އެޅިއެވެ. އޭރު ބޮލުގެ އިސްތަށިގަނޑު ހުރީ އުއްބަތީގައި ޖެހިފައެވެ.

އޭނާގެ އިސްތަށިގަނޑުގައި އަލިފާން ރޯވުމާއި އެކު ކައިރީގައި ތިބި މީހުން ވަނީ ވަރަށް އަވަސް ހަރަކާތަކާއި އެކު އަލިފާން ނިއްވާލާފައެވެ.

ކުޑަ ފިރިހެން ކުއްޖާގެ އިސްތަށިގަނޑުގައި ރޯވި އަލިފާން ވަރަށް އަވަހަށް ނިއްވާލެވުމުން ބައެއް އިސްތަށި އެނދުން ފިޔަވައި އޭނާ އަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

https://www.youtube.com/watch?v=fceFdapZ4G8

ވީޑިއޯ މީސް މީޑިއާގައި މިހާރު އާންމުވެފައި ވާއިރު 7.1 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވީޑިއޯ ބަލާފައެވެ. އަދި ވީޑިއޯ އަށް ވަނީ 23000 އަށް ވުރެ ގިނަ ކޮމެންޓް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު