ދުނިޔޭގައި އެންމެ ގިނަ މީހުން އިންސްޓަގްރާމްގައި ފޮލޯކުރާ އަންހެނަކަށް އަނެއްކާވެސް މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރ ސެލީނާ ގޮމޭޒް ވެއްޖެއެވެ.

ސެލީނާގެ އިންސްޓަގްރާމްގައި ތިބި ފޮލޯވަރުންގެ އަދަދު މިހާރު ވަނީ 381 މިލިއަނަށް އަރާފައެވެ. މީގެ ކުރިން އެންމެ ގިނަ މީހުން ފޮލޯ ކުރާ އަންހެނެއްގެ މަގާމުގައި ހުރީ މިލިއަނަރު ކައިލީ ޖެނާ އެވެ. އޭނާގެ އެކައުންޓްގައި ތިބީ 380 މިލިއަން މީހުންނެވެ.

މީގެ ކުރިންވެސް ސެލީނާ އެ މަގާމަށް ޖެހިލިއެވެ. ސެލީނާ މި މާގަމު އަލުން ދިފާއު ކުރުމާއެކު އޭނާގެ އެތައް ފޭނުންނެއް ދަނީ ވާހަކަދައްކަމުންނެވެ. އަދި އޭނާއަކީ މިހާރު އިންސްޓަގްރާމާއި ޓިކްޓޮކްގައި އެންމެ ގިނަ އިން ފޮލޯކުރާ އަންހެން އާޓިސްޓް ކަމަށާއި، އޭނާއަކީ ދުނިޔޭގެ ރާނީއެއް ކަމަަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

ސެލީނާ ގޯމޭޒް އާއި ކައިލީ ޖެނާގެ ފޮލޯވަރުން އިންސްޓަގްރާމްގައި ތިބި އަދަދުގެ ފޮޓޯއެއް

މީގެ އިރުކޮޅެއް ކުރިން ސެލީނާ ގޯމޭޒް ވަނީ އެ ޕްލެޓްފޯމްގައި އެންމެ ގިނަ މީހުން ފޮލޯކުރާ އަންހެނާގެ ޝަރަފު ހޯދުމަށްފަހު އޭނާގެ ހިތްގައިމު ފޮޓޯއެއް ޕޯސްޓް ކޮށްފައެވެ.

ކެޕްޝަނުގައި އޭނާ ލިޔެފައި ވަނީ "އެއްފަހަރު އަހަރެން މި ޑިލީޓް ކުރީ އެއީ މާ ބޮޑު ކަމަކަށް ވެދާނެ ކަމަށް ހީވުމުން އެކަމަކު..." .

އެ ފޮޓޯއިން ފެންނަ ގޮތުގައި ސޯފާގައި އިށީނދެގެން ބުއިއެއް ބޯން އުޅޭ މަންޒަރެވެ. އޭނާ އެ ފޮޓޯއިން ފެންނަނީ ވަރަށް ރީތިކޮށެވެ.