އިޓަލީގެ މަޝްހޫރު ޓްރެވީ ފައުންޓޭންގެ ސަރަހައްދެއްގައި ސެލްފީ ނަގަން އުޅުނު ދެ އަންހެނެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިފިއެވެ.

އެ ދެ އަންހެނުން އެކަކު އަނެކަކަށް ތަޅާފޮޅާ މަންޒަރު ފެންނަ ވީޑިޔޯއާއި ފޮޓޯތައް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި، މި މާރާމާރީ ހިނގަން މެދުވެރިވީ ދެ މީހުން އެއްތަނެއްގައި ތިބެގެން ސެލްފީ ނަގަން އުޅުމުންނެވެ.

އުމުރުން 19 އަހަރުގެ ނެދާލޭންޑަށް ނިސްބަތްވާ ޒުވާނަކާއި، 40 އަށްވުރެ މައްޗަށް ގޮސްފައިވާ އެމެރިކާ އަންހެނަކާއި ދެމެދު މި މާރާމާރީ ހިނގާ ދެ މީހުން ދެ މީހުން އެކަކު އަނެކަކުގެ އިސްތަށިގަނޑުގައި ހިފާ މަންޒަރު ފެނެއެވެ. އަދި އެކަކު އަނެކަކު ގައިގާ ޖަހާ މަންޒަރުވެސް ފެނެއެވެ.

އަދި އެ މަރާމާރީގައި އެންމެފަހުން ދެ މީހުންގެ އާއިލާ މީހުންވެސް ބައިވެރިވިކަމަށް ވެއެވެ.

އެ މާރާމާރީ ހުއްޓުވުމަށް އާއްމުންވެސް ހަރަކާތްތެރިވިއެވެ. ފުލުހުންވެސް އެ ސަރަހައްދަށް ގޮސް އެކަން ހުއްޓުވާ މަންޒަރުތައް ފެނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ދެ މީހެއްގެ ދެމެދުގައި ހިނގި އެ ހަމަނުޖެހުމުގެ ތެރެއަށް އިތުރު ހަ މީހަކު ވަނެވެ. އަދި ދެ ފުލުހަކަށް އެކަން ނުހުއްޓުވިގެން އިތުރު ދެ ފުލުހަކުވެސް އެކަން ހުއްޓުވުމަށް މަސައްކަތް ކުރިއެވެ.

މިދިޔަ ހަފްތާ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހިނގި މި ހަމަނުޖެހުމުގެ ތެރެއިން އެ ފަތުރުވެރިންނަށް ގެއްލުންތަކެއް ވިއެވެ. ނަމަަވެސް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވެއެވެ. އަދި އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުވެސްކޮށްފައެއް ނުވެއެވެ.

ސެލްފީ ވެގެންގޮސްފައި ވަނީ ބިރުވެރި އެއްޗަކަށެވެ. ސެލްފީ ނަގަން ހަދައިގެން އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު