އޮސްޓްރޭލިއާއަށް ނިސްބަތްވާ ސާފް ކުރާ މީހެެއްގެ މަންމަ އޭނާއަށް މީގެ އެތައް އަހަރު ކުރިން ހަދިޔާ ކުރި ސާފް ބޯޑް ވަގަށް ގެންގޮސް އޮއްވާ ފެނިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މީގެ 40 އަހަރު ކުރިން ގެއްލުނު އެ ސާފްބޯޑު ފެނުނީ އޮންލައިން ޕްލެޓްފޯމަކުން އެ ސާފް ބޯޑުގެ ފޮޓޯއަކާ ގުޅިގެންނެވެ. ވެސްޓާސް އޮސްޓްރޭލިއާގެ ސާފިންގ މެމޮރަބިލިއާ ގެލަރީ އިން އޭނާއަށް އެ ސާފް ބޯޑުގެ ފޮޓޯއެއް ފެނުމުން، އޭނާ ވަނީ އެ ގެލަރީގެ ވެރި ފަރާތަށް ގުޅާ އެ ބޯޑަކީ ކާކު އެއްޗެއްތޯ ބަލާފައެވެ.

އެއީ އޭނާގެ ބޯޑެއްކަން އެނގުނީ، އޭގައި އިން ތަފާތު ޑިޒައިންގެ ސަބަބުން ލޮލުގައި އަޅައިގަތުމުންނެވެ.

އެ ބެލިބެލުމުން އެނގުނުގޮތުގައި، އެ ބޯޑަކީ އެކި މީހުންގެ އަތުން އެތަނަށް ދިޔަ ބޯޑެކެވެ. އެ ބޯޑުގެ ވެރި ފަރާތުން ވަނީ އެއްވެސް އަގަކާއި ނުލާ އެ ބޯޑު ގިލްސަންއަށް ދީފައެވެ.

ގިލްސަންއަކީ ސާފް ބޯޑުތަކުގެ ރިޕެއަރިންގ މަސައްކަތް ކުރާ މީހެކެވެ.

އެ ސާފް ބޯޑަކީ ޕީޓާ ގިލްސަންއަށް އޭނާގެ މަންމަ ދިން ހަދިޔާއެކެވެ. އޭނާގެ މަންމަ ފައިސާއެއްކޮށްގެން ނިއުކާސަލްއިން ސާފް ބޯޑެއް ގަތް އިރު، އެ ސާފް ބޯޑު ގަރާޖްގައި ބާއްވާފައި އޮއްވާ ވަގަށް ގެންދިޔައީ 1970 ވަނަ އަހަރުއެވެ. އެ ވަގަށް ގެންދިޔިމުންވެސް ގިލްސަންއަށް އެކަން މާބޮޑުކަމަކަށް ފުރަތަމަ ނުވި ނަމަވެސް، ފަހުން އެއީ މަންމަ ވަަރަށް މަސައްކަތުން ހޯދި އެއްޗަކަށްވުމުން ދެރަވި ކަަމަށް އޭނާ ބުންޏެވެ.