މަގުމަތިން ހިނގާފައި ދިޔަ ގިނަ ޢަދަދެއްގެ ބަޔަކަށް އުނދަގޫކޮށް "ޖެއްސުން" ކުރަމުންދިޔަ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށް، އޭނާއާއި މެދު ފިޔަވަޅު އަޅައިފިއެވެ.

ކެނެޑާގެ ސިޓީއެއް ކަމަށްވާ އޮއްޓާވާގެ ކުންފުންޏެއްގައި ޑްރައިވެރެއްގެ ގޮތުގައި މަސައްކަތްކުރާ އެމީހާ ވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާ ވޭނެއްގައި ދުއްވާފައި ދަމުން މަގުން ހިނގާފައި ދިޔަ މީހުންގެ ގަޔަށް ޗަކަބުރާގޮތަށް ދުއްވާފައިދާ މަންޒަރު ފެންނަ ވީޑިއޯއެއް ޢާންމުވުމާއި ގުޅިގެންނެވެ.

45 ސިކުންތުގެ އެ ވީޑިއޯ މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯ ލީކުކޮށްލާފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. އެއާއި އެކު ގިނަ ބައެއްގެ ފާޑުކިއުން އެ ވޭން ނިސްބަތްވާ ކުންފުންޏަށް ވަނީ އަމާޒުވެގެން ގޮސްފައެވެ. މިކަމާއި ގުޅިގެން އެ ޑްރައިވަރު ވަޒީފާއިން ވަކިކޮށް އެ ހާދިސާއަށް އެ ކުންފުނިން ވަނީ މަޢާފަށްވެސް އެދިފައެވެ.

މި ވީޑިއޯ ޔޫޓިއުބުގައިވެސް ޢާންމުކޮށްފައިވާއިރު، ހަލައްކައަށްވުރެ ގިނަ މީހުން މިހާތަނަށް ވީޑިއޯ ބަލާފައިވެއެވެ.

މި މައްސަލަ އޮއްޓާވާގެ ފުލުހުންގެ އިދާރާއަށްވެސް ހުށަހަޅާފައިވާއިރު، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް ސުވާލުކޮށްފައެވެ. އަދި އޭނާއާއި ދެކޮޅަށް ދަޢުވާކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު