އެންމެންނަކީ ލޯބީގައި ކާމިޔާބު ބައެއް ނޫނެވެ. ބައެއް މީހުންނަކީ ލޯބީގެ ވަަރަށް ނާކާމިޔާބު ބައެކެވެ. އެތައް ފަހަރަކު ލަނޑު ލިބި ހިތްހަލާކުވެފައިވާ ބައެކެވެ. އާއްމުކޮށް ބޭވަފާތެރިއެއްގެ ފަހަތުން އުޅެން ޖެހިގެން ހަޔާތައް ބޮޑު ބަދަލެއް އާދެއެވެ. ހިތާމައިގެ ތެރޭގައި އުޅެން ޖެހެއެވެ.

އެހެންކަމުން ބޭވަފާތެރި ލޯބިވެރިޔާގެ މަތިން ހަނދާން ނައްތާލަން ބޭނުންވާނެތާއެވެ. މިއީވެސް އެފަދަ މީހެއް މަތިން ހަނދާން ނައްތާލަން ކުރެވިދާނެ ކަންތައްތަކެވެ.

އެކަމާއި ވާހަކަދެއްކުން

އާއްމުކޮށް ބޭވަފާތެރިއަކާއެކު އުޅެން ޖެހުމުން ކުރާ ހިތާމަ ބޮޑެވެ. އޭނާގެ ފަރާތުން ފެންނަމުންދާ ކަންތައްތަކައި ހެދި އެ ބޭވަފާތެރިޔާ ދޫކޮށްލުމަށްފަހު އޭނާގެ އެކި ވާހަަކަތައް ގާތް މީހަކާއި ހިއްސާކޮށްލާނަމަ، މީހާއަށް ވަރަށް ބޮޑަށް ހަމަޖެހިލުމަށް ފުރުސަތު ލިބެއެވެ.

ރަހުމަތްތެރިންނާއެކު ވަގުތު ހޭދަ ކުރުން

ތިމާގެ މިހާރު އިތުރު ޕްލޭންތައް ނުހުންނާނެ ކަން ދަނެގެން ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރަން ފަށާފައެވެ. އެއިރުން އެ ބޭވަފާތެރިޔާ މަތިން ހަނދާން ނައްތާލަން ވަރަށް ފަސޭހަވާނެއެވެ.

ކުރީގެ ހަނދާންތައް އާ ނުކުރުން

އެ ބޭވަފާތެރިޔާ މަތިން އެއްވެސް ވަރަކަށް ހަނދާންކޮށް ނުލުމަކީ އެންމެ ބުއްދިވެރި ގޮތެވެ، އެއީ ހަޔާތައް އައި މީހެއްކަންވެސް ދަންނާނެ ކަަމެއް ނެތެވެ. ވިސްނަންވީ ކުރިއަށެވެ. ކުރީގެ ހަނދާންތައް މަތިން ނޫނެވެ.

އޭނާގެ ފޯން ނަމްބަރު ޑިލިޓްކޮށްލާ

އެންމެ ބުއްދިވެރި ގޮތަކީ އޭނާއާ ވާހަކަދެއްކެން ހުރި ހުރިހާ މަގެއް ބަންދުކޮށްލުމެވެ. ފޯން ނަމްބަރުވެސް ޑިލިޓްކޮށްމެވެ. ކުރީގެ މެސެޖްތަކާއި އަދި އެ ނޫންވެސް އޭނާއާ ވާހަކަދައްކަން ބޭނުންކުރި ހުރިހާ ވަސީލަތަކުން އޭނާއާ ވާހަކަދެއްކޭނެ ގޮތް ބަންދުކޮށްލާށެވެ.