ކުރި މައްސަކަތުގެ މުސާރަ ނުލިބުމުން ރުޅި އައިސް އިނގިރޭސިވިލާތުގެ ހާޓްފާޑްޝަޔާގެ ބަންޓިންފޯޑްގައި މީހުން ދިރިއުޅެން ތައްޔާރު ވެފައި ހުރި ގެތަކެއް ސުންނާފަތި ކޮއްލައިފިއެވެ.

އުމުރުން 31 އަހަރުގެ ޑެނިއެލް ނިއޭގު ކިޔާ މީހަކު ގެތަކަށް ގެއްލުންދީފައިވަނީ އެގެތައް އިމާރަތް ކުރަން އޭނާކުރި މަސައްކަތަށް ލިބެންޖެހޭ އުޖޫރަ ނުލިބުމުން ކަމަށް އޭނާ ބުންޏެވެ.

މި މައްސަލާގައި ފުލުހުން ވަނީ އޭނާ މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފަ އެވެ.

އޭނާ ވަރަށް ހެވިފައި ހުރެ އޭނާ ގެތަކަށް ގެލުން ދެމުން ދިޔަ މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި އޭނާ ގެތަކަށް ގެއްލުން ދެމުން ދަނިކޮށް ފުލުހުން އައިސް ސުވާލު ކުރުމުން ވެސް އޭނާ ވަނީ އެއްވެސް ކަހަލަ ހާސް ކަމެއް ނެތި ފުލުހުނާއި މުއާމަލާތު ކޮށްފައެވެ.

އޭނާ ދިން ގެއްލުމުގެ އަގު 2.5 މިލިއަން ޕައުންޑަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިގެތައް ހުރީ ހަފްތާއެއްްގެ ތެރޭގައި މީހުން ދިރިއުޅެން ފެށުމަށް ތައްޔާރުވެފަ އެވެ.

މި ގެތަށް އެޅުމަށް ނިއޭގު އާއެކު މަސައްކަތްކުރި މީހަކު ބުނި ގޮތުގައި އެ ގެތަކަށް ލިބިފައިވާ ގެއްލުން ފެނުމުން، ދެރަވާކަމަށެވެ.

ޑެނިއެލް ނިއޭގު ގެތަކަށް ގެއްލުން ދެމުން ދިޔަ މަންޒަރު ފެނުނު އުމުރުން 61 އަހަރުގެ އިލޭން ފްރަންސުވާ ބުނީ އެތަން ހީވަނީ ބިންހެލުމެއް ނުވަތަ ބޮމެއް ގޮވާފައި އޮތް ތަނެއްހެންކަމަށެވެ. މި މަންޒަރު ފެނުމުން އޭނާ ވަނީ ފުލުހުންނަށް ގުޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު