ކޮންމެ ދުވަހަކުވެސް، ދުނިޔޭގެ އެތަން މިތަނުގައި ހަޤީޤަތް ނޭނގޭ އެތައް ކަމެއް ހިނގައެވެ. އެކަންކަމާމެދު ސުވާލު އުފެދޭ އެތައް ކަމެއް ހިނގައެވެ. ބައެއް ފަހަރު އެއީ ބިރުވެރި ކަންކަން ކަމުގައި ބެލެވޭއިރު، ބައެއް ފަހަރު އެކަންކަން ވެ ނިމެނީ ވަރަށް އާދައިގެ ކަމަކަށެވެ.

މިއީވެސް އެފަދަ ކަމެކެވެ. އެހެންނަމަވެސް، މިއީ ބިރުވެރި ކަމެއްކަމެއް ނުވަތަ އާދައިގެ ކަމެއްކަމެއް ނިންމާނީ، ކިޔުންތެރިންނެވެ.

އެގޮތުން، އޮސްޓްރޭލިޔާގެ މަގެއްގެ މަތީގައި ދުއްވާފައިދިޔަ، ކާރެއްވަނީ ދުއްވަ ދުއްވާ ހުއްޓާ ދުންތަކެއްގެ ތެރެއަށް ގެއްލިފައެވެ. އެޤައުމުގެ ނިއު ސައުތު ވޭލްސް ގައި ހިނގި މި ޙާދިސާވަނީ، މަގުމަތިން ދުއްވާފައި ދިޔަ ކާރެއްގައި ހަރުކޮށްފައި އިން، ޑޭޝް ކެމެރާއަކުން ރިކޯޑުވެފައެވެ.

ޑޭޝް ކެމެރާ އިން ރިކޯޑުކޮށްފައިވާ ވީޑިޔޯ ފޫޓޭޖުން ފެންނަ ގޮތުގައި، ހައިވޭ މަތިން ދުއްވާފައި ދިޔަ، ކާރަކުންވަނީ ކުއްލިއަކަށް ބޮޑު ދުންގަނޑެއް ނިކުމެފައެވެ. ހުދު ކުލައިގެ މި ކާރުން ނިކުތް ދުންގަނޑާއެކު، ކުއްލިއަކަށް އެކާރުވެސް ގެއްލޭ މަންޒަރު، ވީޑިޔޯ ފޫޓޭޖުން ފެނިގެންދެއެވެ.

މި ވީޑިޔޯ މީސް މީޑިޔާގެ އެކި ވަސީލަތްތަކުގައި އާއްމުވުމާއެކު، އެކި ފަރާތްތަކުންވަނީ ވީޑިޔޯއާ ގުޅޭގޮތުން އެކި ވާހަކަތައް ދައްކާފައެވެ. އެކި ފަރާތްތަކުންވަނީ، މިކަމާ ގުޅޭގޮތުން އެފަރާތްތަކުގެ ނަޒަރިއްޔާ ހާމަކޮށްފައެވެ.

އެގޮތުން، ބައެއް ފަރާތްތަކުން ބުނެފައިވަނީ، އެއީ ޖިންނި ކާރެއްކަމަށް ބެލެވޭކަމަށާއި އަދި ކާރު ދުއްވަން އިނީ ޖިންނިއެއްކަމަށް ބެލެވޭޖަމަށެވެ. ވީޑިޔޯއާ ބެހޭގޮތުން ވާހަކަ ދައްކާފައިވާ އެހެން، މީހަކު ސަމާސާއަކަށް ބުނެފައިވަނީ، އެއީ މުސްތަޤުބަލުގައި ފެނިގެންދާނެފަދަ ކާރެއްކަމަށެވެ.

އެހެންނަމަވެސް، ޙަޤީޤަތަކީ އަދި މިއީއެއް ނޫނެވެ. ހަޤީޤަތަކީ، މިއީ ޑޭޝް ކެމެރާއިން ނެގިކަމުގައިވިޔަސް، ފަހުން އެޑިޓް ކޮށްފައިވާ ވީޑިޔޯއެއްކަމެވެ. ދުންގަނޑެއް ނިކުތުމަކީ އަސްލެއްކަމަށްވާއިރު، އެކާރުވަނީ ދުންގަނޑާއެކު، ކުރިމަތީގައި އޮތް ބޮޑު ޓްރަކު އޯވަރ ޓޭކުކޮށް، އެއަށްވުރެ ކުރިއަށް ގޮސްފައެވެ.

މި ގޮތަށް މީހުން ބިރުގަންނަން، އެކި ފަރާތްތަކުން އެކި ކަންކަން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވީޑިއޯ

    ކޮބާހޭ ވީޑިއޯ

  2. Samooh

    Kobaa vedio