ބޭނުންވާ ތަކެތި:

1/2 ޖޯޑު ޕްލޭން ޔޯގަޓް

1 ޖޯޑު އައިސިން ސްގަރ

1/2 ޖޯޑު ތެޔޮ

1/4 ތާޒާ އޮރެންޖްގެ ދިޔަ (ފެލާފައި)

1 1/4 ޖޯޑު ފުށް

1 ސައިސަމުސާ ބޭކިންގް ޕައުޑަރ

1/2 ސައިސަމުސާ ބޭކިންގް ސޮޑަރ

1 ސައިސަމުސާ އޮރެންޖް ތޮށި (ގާނާފައި)

1/2 ސައިސަމުސާ އޮރެންޖް ކުލަ

ތައްޔާރު ކުރާނެ ގޮތް:

ޔޯގަޓާއި، އައިސިންގް ސުގަރ އޮމާން ވަންދެން، ރަނގަޅަށް ގަށާލާށެވެ. ދެން ތެޔޮ ފޮދު އަޅާލާފައި އަނެއްކާވެސް ރަނގަޅަށް ގަށާލާށެވެ. އެއަށްފަހު، އޮރެންޖްގެ ދިޔަ ފޮދު އެޅުމަށް ފަހު ހުރިހާ އެއްޗެއް ރަނގަޅަށް މިކްސްކޮށްލާށެވެ.

ތައްޓަކަށް، ފުށާއި، ބޭކިންގް ޕައުޑަރ އަދި ބޭކިންގް ސޮޑަރ އެއްކޮށް ފުރާނާލާށެވެ. އެއަށްފަހު، ކުރިން ތައްޔާރުކުރި ބައި އޭގެ ތެރެއަށް އަޅާލާށެވެ. އަދި ރަނގަޅަށް އޮމާން ވަންދެން ގަށާލާށެވެ. އޭގެ ފަހުގައި، އޮރެންޖް ތޮށިކޮޅާއި ކުލަ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ކޭކު ފިހާ ޓްރޭގައި ކުޑަ ބަޓަރ ކޮޅެއް ހާކާލާށެވެ. އެއަށްފަހު، ކޭކު ފިހެލުމަށް ތައްޔާރުކުރި ފުށްގަނޑު އޭގެ ތެރެއަށް އަޅާލާށެވެ.

ކޭކު ފިހާނީ އަވަން 180 ޑިގްރީގައި ބަހައްޓައިގެންނެވެ.