ބޭނުންވާ ތަކެތި:

  • - ތެޔޮ
  • - ފިޔާ
  • - ލުނބޯ
  • - ހިކިމުރުސް
  • - ހިނކަދިފަތް
  • - ރީނދޫ
  • - ލޮނުމެދު
  • - އަސޭމިރުސް
  • - ލޮނު
  • - އިނގުރު
  • - ބަތް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވާ އުދާލުމަށްފަހު, ތެޔޮ ފޮދެއް އަޅާ ހޫނު ކޮށްލާށެވެ. އަދި އޭގެ ތެރެއަށް ފިޔާ، ލޮނުމެދު، ހިނކަދިފަތް، ހިކިމިރުސް، ރީނދޫ ކޮޅެއް (ކުލަ ޖައްސާލާވަރަށް) އަޅާލުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު ލޮނުމެދު، އިނގުރު އެޅުމަށްފަހު އެއްކޮށްލާށެވެ. އޭގެ ފަހުން ލޮނު، އަސޭމިރުސް އެޅުމަށްފަހު ރަތް ވެލީމާ ލުނބޯ ހުތް ފެލާލާށެވެ. އަދި އެޅި ހުރިހާ އެއްޗެއް މޯޅިވުމުން ބަތް އަޅާފައި އެއްކޮށްލުމުން، ލެމަން ފްރައިޑް ރައިސް ތައްޔާރުކޮށް ނިމުނީއެވެ.