ނޫޑްލީހަކީ ވަރަށް ގިނަ ބައެއްގެ ތެރޭގައި މަޝްހޫރު އެއްޗެކެވެ. ވަކިން ޚާއްސަކޮށް ހަދާލަން ފަސޭހަ އިންސްޓެންޓް ނޫޑްލީހުގެ އަވައިގައި ނުޖެހިހުރި މީހެއް މަދުވާނެއެވެ.

އެމެރިކާގެ ޖޯޖިޔާގައި މިފަހަރު ހިނގާފައި މިވަނީ ނޫޑްލީސް ޕެކެޓްތަކެއް ވަގަށް ނެގުމުގެ ޖަރީމާއެކެވެ. ޖޯޖިޔާގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއީ ސިލްސިލާކޮށް ކުރަމުން ދިޔަ ވައްކަމެއްގައި ވަގަށް ނަގާފައިވާ ތަކެތި ކަމަށާއި މިތަކެތި ވަގަށް ނެގުމުގެ ކުރިން 5 ކާރެއްގެ ބިއްލޫރިގަނޑު ތަޅާލާ ކާރުގައި ހުރި ތަކެތި ވަގަށް ނަގާފައިވާ ކަމުގެ ޝަކުވާ ހުށަހެޅިފައިވާ ކަމަށެވެ. މީގެ އިތުރުން ސައިކަލެއް ވަގަށް ނަގާފައިވާ ކަމުގެ ޝަކުވާވެސް ލިބިފައިވާ ކަމަށެވެ.

ޖޯޖިޔާގެ ފުލުހުން މިކަމުގެ މަޢުލޫމާތު މީޑިޔާތަކަށް އިއްޔެ ދީފައިވާ ވީނަމަވެސް މިއީ ޖުލައި 25 ހުން އޯގަސްޓް މަހުގެ 1 ވަނަ ދުވަހާއި ދެމެދުގެ ތާރީޚެއްގައި ހިނގާފައިވާ ކަމެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. ފުލުހުން ބުނެފައިވަނީ މިނޫޑްލީސްތައް ހުރީ 53 ފޫޓްގެ ޓްލައިލާއެއްގައި ކަމަށާއި، އެޓްލައިލާ ހުރީ ގުދަނެއްގައި ރައްކާކޮށްފައި ކަމަށެވެ.

އެގުދަނުގެ ވެރިފަރާތުން ބުނެފައިވަނީ އެތަނުގައި ޓްރައިލާ ބަހަށްޓާފައިވަނީ އޭނާގެ ހުއްދައާއެކު ކަމަށާއި ލޮރީއެއްގައި ނުވަތަ އެނޫންވެސް އެއްޗެއްގެ އެހީގައި ޓްރައިލާ ގުދަނުން ބޭރުކޮށްފައި ވާ ކަމުގެ ނިޝާނެއް ނެތް ކަމަށެވެ. މިހެން ކަމުން މިއީ ގުދަނަށްވަދެ ކޮށްފައިވާ ވައްކަމެއް ކަމަށް ބެލެވޭ ކަމަށްވެސް ގުދަނުގެ ވެރިފަރާތުން ބުނެފައިވެއެވެ.

1 ލައްކަ ޑޮލަރުގެ ނޫޑްލީސް ޕެކެޓްތަކެއް ވަގަށް ނަގާފައިވާއިރު، މިއީ ކޮން ބްރޭންޑެއްގެ ނޫޑްލީހެއް ކަމަށް ފުލުހުން ހާމަކޮށްފައިއެއް ނުވެއެވެ. ނަމަވެސް މިއީ ޖަޕާނުގެ މަޝްހޫރު ނޫޑްލީހެއް ކަމަށްވާ ރަމް ބްރޭޑްގެ ނޫޑްލީސް ޕެކެޓްތަކެއް ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު