ބޭނުންވާ ތަކެތި

1 ޕެކެޓް ފުލް ކްރީމް މިލްކް
1 ޕެކެޓް މާރީ ބިސްކޯދު
2 މސ ކޯން ފްލާ (ފެންފޮދެއްގައި ގިރާފައި)
1 ދަޅު ގެރި ކިރު
1/2 ޖޯޑު ކެޝޫނަޓް / ހިކިމޭބިސްކަދުރު

ތައްޔާރު ކުރާނެ ގޮތް

ތެއްޔަކަށް ކިރު ޕެކެޓް އަޅާލުމަށްފަހު ކިރުފޮދު ކައްކާލާށެވެ. ކެކެން ފެށުމުން ގެރިކިރު ކޮޅު އަޅާ އެއްކޮށްލާށެވެ. ދެން ކޯން ފްލާކޮޅު އެޅުމަށްފަހު ރީއްޗަށް އޮލަވަންދެއް ކައްކާލާށެވެ. ގަނޑު ވިޔަ ނުދިނުމަށާއި، ފުލުގައި ހިފިޔަ ނުދިނުމަށް ކިރުފޮދު ރީއްޗަށް ހަލަމުން ގެންދާށެވެ. މީގެ ތެރެއަށް ނަޓް ކޮޅާއި ހިކި މޭބިސްކަދުރުކޮޅު އަޅާލާށެވެ. ދެން ޓްރޭ އެއްގައި ބިސްކޯދު އަތުރާލާ، ކިރުތައް މީގެ މައްޗަށް އަޅާލާ ސެޓްކުރަން ފްރިޖަށްލާށެވެ.