ބޭނުންވާ ތަކެތި

1 ޖޯޑު ކަސްޓަޑް

1 ދަޅު ގެރިކިރު

1 މޭޒުމަތީ ސަމުސާ ކޮފީ (ކިރިޔާ ގިރާލެވޭވަރުގެ ފެންފޮދެއްގައި ގިރާފައި)

4 ޖޯޑު ފެން

ތައްޔާރު ކުރާނެ ގޮތް

ކަސްޓަޑް ކޮޅު ފެން އަޅާފައި ގިރާލުމަށްފަހު އުނދުން މައްޗަށް އުދާލާފައި މަޑުގިނީގައި ދޭފަތުން ހަލަމުން ކައްކާށެވެ. ރޯނުފިލަނީސް ހިކޭގޮތްވާ ނަމަ ކުޑަ ފެން ފޮދެއް އެއްކޮށްލާށެވެ. އޮލަވާން ފެށުމުން ކިރާއި ގިރާފައި ހުރި ކޮފީ އެއްކޮށްފައި ރޯފިލުމުން އުދުންމަތިން ބާލާށެވެ. ބޭނުންނަމަ ފުރީޒުކޮށް ފިނިކޮށްގެންވެސް ބޭނުން ކުރެވޭނެއެވެ. އައިސްއަލަމާރިއަށް ލާނީ ހޫނުކަން ކެނޑުމުންނެވެ.